Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރޭޕް

އިންޑިއާގައި މަސްތުވެގެން ހުރި މީހަކު 7 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި

އިންޑިއާގެ ބިހާރު ސްޓޭޓުގެ ބެގުސަރައި ޑިސްޓްރިކްޓުގައި މަސްތުވެގެން ހުރި މީހަކު އުމުރުން 7 އަހަރުގެ ކުއްޖަު ރޭޕްކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯލީ ފާހަގަކުރުމުގެ ގޮތުން ބަނގުރާ ބޮއެ މަސްތުވެގެން ހުރި އެ މީހާ އާއި އިތުރު ބަޔަކު ވެގެންވަނީ 7 އަހަރުގެ ކުއްޖާ ރޭޕްކޮށް އަދި އެ ކުއްޖާގެ ރަހުމަތްތެރިއަކަށްވެސް ޖިންސީ އަނިޔާކޮށްފައެވެ.

މި މައްސަލާގައި ޖުމްލަ 5 މީހުންނަށް ތުހުމަތު ކުރެވިފައިވާއިރު އޭގެތެރެއިން 2 މީހުން ވަނީ ހައްޔަރުކޮށްފައެވެ.

އަދި ރޭޕްގެ ޝިކާރައަށްވި ކުއްޖާއާއި އޭނާގެ ރަހުމަތްތެރިޔާއަށް ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުންނެވެ. ހޮސްޕިޓަލުގައި ހެދި ޓެސްޓުތަކުން 7 އަހަރުގެ ކުއްޖާ ރޭޕްކޮށްފައިވާކަމަށް ޑޮކްޓަރުން ޔަގީންކޮށްދީފައިވާ ކަމަށް އިންޑިއާގެ މީޑިއާތަކުން ބުނެފައިވެއެވެ.

އިންޑިއާއަކީ ދުނިޔޭގެ ރޭޕް ކެޕިޓަލްގެ ގޮތުގައި މަޝްހޫރުވެފައިވާ ޤައުމެކެވެ. އެ ޤައުމުގައި ރޭޕް ކުރުމަކީ ވަރަށް އާންމުކަމެކެވެ. އަދި އެފަދަކަންކަން ކުރާ މީހުންނަށް ގިނަ ފަހަރު އަދަބެއް ނުލިބެއެވެ.

މި ލިއުމާއި ގުޅޭ