Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލިފާނުގެ ޙާދިސާ

އަލިފާން ރޯވެ، އަޑިއަށް ދިޔަ ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުން ހުއްޓާލައިފި

އަލިފާން ރޯވެ، އަޑިއަށް ދިޔަ "އާގަލާ" ބޯޓުން ގެއްލުނު ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފުން ހުއްޓާލައިފި އެވެ.

އެމްއެންޑީއެފުން ބުނީ ގެއްލުނު މީހާ ހޯދުން ހުއްޓާލީ 72 ގަޑިއިރުގެ މަސައްކަތަށް ފަހު ކަމަށެވެ. އަދި ކަނޑާއި ވައިގެ މަގުން 2،164 އަކަމީޓަރުގެ ސަރަހައްދެއް ބަލާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.

މ. ތުވަރު ކައިރިން ދަތުރުކުރަމުން ދަނިކޮށް އާގަލާ ބޯޓުގައި އަލިފާން ރޯވީ މިދިޔަ ހޯމަދުވަހުގެ ފަތިހު އެވެ. އައްޑޫން ފުރައިގެން މާލެއަށް ދަތުރުކުރަމުން ދަނިކޮށް، ހިނގި އަލިފާނުގެ އެ ހާދިސާގައި ބޯޓު އަނދައިގެން އަޑިއަށް ދިޔައިރު ބޯޓުގައި އެވަގުތު ހުރި ފަޅުވެރިއަކު ގެއްލުނެވެ.

އޭނާ ހޯދަމުން ދާތާ މިއަދަށް ވަނީ ހަ ދުވަސް ވެފައިވާއިރު އެ ބޯޓުގައި އެ ވަގުތު ތިބި 15 މީހުންގެ ތެރެއިން އެ ފަޅުވެރިޔާ ނޫން އެހެން އެންމެން ސަލާމަތްވި އެވެ. ބޯޓުން ސަލާމަތްވި 14 މީހުންނަށް މ. މުލީ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު މިހާރު ވަނީ ދޫކޮށްލައިފަ އެވެ.

ބޯޓުގައި އެވަގުތު ތިބީ ފަސް ދިވެހިންނާއި، އިންޑިއާގެ ފަސް މީހުންގެ އިތުރުން ބަންގްލަދޭޝްގެ ފަސް މީހުންނެވެ. އޭގެ ގެއްލިފައިވަނީ އިންޑިއާ އަށް ނިސްބަތްވާ މީހެކެވެ.

މި ލިއުމާއި ގުޅޭ