Saturday 15th Feb 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ފެޝަން

ޒަކާތު ނަފާ ޕްރޮގުރާމަށް ފެޝަން ޑިޒައިނަރެއް ހޯދަނީ

އިސްލާމިކް މިނިސްޓްރީއާއި، އިކޮނޮމިކް މިނިސްޓްރީގެ އިތުރަށް ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ހިންގާ ޒަކާތު ނަފާ ޕްރޮގުރާމަށް ފެޝަން ޑިޒައިނަރެއް ހޯދަން އިއުލާނުކޮށްފިއެވެ.

ބިޒްނަސް ސެންޓާ ކޯޕަރޭޝަން (ބީސީއެމް)އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ ފެޝަން ޑިޒަައިނަރެއް ހޯދަނީ ޒަކާތު ނަފާ ޕްރޮގުރާމުގެ ދަށުން އެހީ ދިނުމަށް ނިންމާފައިވާ މީހުންގެ ތެރެއިން ފެހުމުގެ މަސައްކަތް ކުރަން ބޭނުންވާ މީހުންނަށް ބޭނުންވާ ޑިޒައިންތައް ތައްޔާރުކުރުމަށް ކަމަށެވެ.

ޑިޒައިނަރުގެ މައިގަނޑު މަސައްކަތަކީ ޕްރޮގުރާމުގެ ބައިވެރިންގެ ހުނަރުގެ ފެންވަރާ މުނާސަބު ކޮންސެޕްޓް ޑިޒައިންތަކެއް ތައްޔާރުކޮށް ކުރެހުންތައް ތައްޔާރުކުރުމާއެކު، ފަހާ މީހުންނަށް ބޭނުންވާ ހުރިހާ މައުލޫމާތު ހިމެނޭ ޓެކް ޕެކް ތައްޔާރުކުރުމެވެ.

ހަމައެހެންމެ ކޮންމެ ޑިޒައިނަކާ ގުޅޭ ފޮއްޗާއި މެޓީރިއަލް ކަނޑައަޅައި އެތަކެތި ހޯދުމުގައި ބައިވެރިންނަށް އެހީތެރިވުމާއި، ތައްޔާރުކުރާ ސާމްޕަލްތަކުގެ ފެންވަރު ކަށަވަރުކުރުމަކީވެސް ޑިޒައިނަރުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ މީހަކަށްވާންވާނެއެވެ. އަދި މަސައްކަތުގެ ފެންވަރު ވަޒަންކުރާނީ ކުރިން ކޮށްފައިވާ މަސައްކަތްތަކަށް ބަލައިގެންކަމަށްވެސް އެ ކުންފުނިން ބުނެފައިވެއެވެ.

މި މަސައްކަތަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް 22 މާޗު 2023 ވާ ބުދަދުވަހުގެ 16:00 ކުރިން ޝައުޤުވެރިކަން ފާޅުކުރެވޭނެއެވެ.

މި ލިއުމާއި ގުޅޭ