Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ޢަލީ ޙުސައިން

ބެކްގްރައުންޑް ޗެކް ހުއްޓާލުމުން ފުލުހުންނަށް ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލޭނެ: އަލީ

ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހެދުން ހުއްޓާލައިފި ނަމަވެސް ރައްޔިތުން ފުލުހުންގެ މުއައްސަސާއަށް ކުރާ އިތުބާރު އިތުރަށް ގެއްލޭނެ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެ އެވެ.

ބެކްގްރައުންޑު ޗެކް ކުރުމަކީ އިހުތިޔާރީ ކަމަކަށް ހަދައި، ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިހާރު އޮތީ ހުށަހަޅާފަ އެވެ. ސަރުކާރުގެ ފަރާތުން ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ހުށަހެޅުއްވި އެ އިސްލާހާ ގުޅިގެން ގިނަ މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ކޮމިޝަނާ އޮފް ޕޮލިސް "އަދަދު" ނޫހަށް ދިން އިންޓަވިއުއެއްގައި ވިދާޅުވީ، ފުލުހުންގެ ހިދުމަތަށް މީހުން ނެގުމުގެ ކުރިން ހަދަން ޖެހޭ ބެކްގްރައުންޑު ޗެކް އިހުތިޔާރީ ކަމަކަށް ހެދުމަށް ހުށަހެޅީ އެކަމުގައި ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހޭތީ ކަމަށެވެ.

އެކަމާ ގުޅިގެން ސީޕީއަށް ފާޑުވިދާޅުވެ އަލީ ހުސައިން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބެކްގްރައުންޑް ޗެކް އިހްތިޔާރީ ކުރުމުގެ ނަތީޖާއަކަށް ވާނީ ފުލުހުންގެ ހިދުމަތަށް ރައްޔިތުންގެ އިތުބާރު އިތުރަށް ގެއްލިގެން ދިއުން ކަމަށެވެ.

"އިސްލާހު ކުރުމުގެ ކުޑަވެސް ނިޔަތެއް އަދި ހިތްވަރެއްވެސް ނެތް ދެއްތޯ؟،" އަލީ ހުސައިން ސީޕިއަށް އަމާޒުކޮށް ކުރެއްވި ޓުވީޓުގައި ވިދާޅުވި އެވެ.
ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަތީ ހިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބެކްގްރައުންޑް ޗެކް ހެދުމަށް ލާޒިމްކުރެ އެވެ.
އެކަމަކު އަސްލަމް ހުށަހެޅި އިސްލާހުގައި ވަނީ ބެކްގްރައުންޑް ޗެކެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެ ކަމަށް ބުނެ، 17 ވަނަ މާއްދާގައި ބުނާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކީ ލާޒިމްކަމެއް ނޫންކަމަށް ހެދުމަށް ހިމަނާފަ އެވެ.
މި ލިއުމާއި ގުޅޭ