Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވިލާ ކުންފުނި

ރާއްޖޭގެ ހޯލް ސޭލް ވިޔަފާރިތަކާއި ވާދަކުރަން ވިލާއިން ފިހާރައެއް ހުޅުވައިފި

ރާއްޖޭގެ ހޯލްސޭލް ވިޔަފާރިތަކާއި ވާދަކުރަން މަޝްހޫރު މަހުޖަނު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ވިލާ ކުންފުނިން ބޮޑު ފިހާރައެއް ހުޅުވައިފިއެވެ.

ވިލާ ބިލްޑިންގައި ހުޅުވި މި ފިހާރައިން، ވިލާ ގުރޫޕުގެ ސަބްސިޑަރީއެއް ކަމަށްވާ ވިލާ ޓްރޭޑުން ވިއްކާ ހުރިހާ ބްރޭންޑެއްގެ މުދާ ވިއްކަން ފަށާފައިވާއިރު، އެ ކުންފުނިން އަމާޒު ހިފާފައިވަނީ ރާއްޖޭގައި ހޯލްސޭލް ކުރާ އެހެން ވިޔަފާރިތައް ފުނޑާލުމަށެވެ. މިގޮތުން ރާއްޖެއަށް އެކްސްކްލޫސިވް ކޮށް އެތެރެކުރުމުގެ ހުއްދަ ބައެއް ކުންފުނިތަކުން ހޯދައިފައިވާ ބައެއް މުދާ ވިއްކާ ބޭރުގެ ފަރާތްތަކަށް ވިލާ ގުރޫޕުން އީމެއިލްކޮށް، އެ ކުންފުންޏަކީ މިހާރު ރާއްޖޭގެ އެންމެ ވަރުގަދަ ހޯލް ސޭލަރު ކަމަށާއި، ރާއްޖޭގެ ބާޒާރުގައި ކުރިއަރާނީ ވިލާ މެދުވެރިކޮށް ރާއްޖެއަށް މުދާ އެތެރެކުރުމުން ކަމަށް ބުނަމުންދާ ކަމަށް، ރާއްޖެއަށް ފުޅާ ދާއިރާގައި މުދާ އެތެރެކުރާ ކުންފުންޏަކުން މައުލޫމާތު ދިނެވެ.

"އަޅުގަނޑުމެންގެ ސަޕްލަޔަރުންނަށް ގުޅާ، އަޅުގަނޑުމެންނަށް އެކްސްކްލޫސިވް ރައިޓްސް ދީފައި ހުރި މުދާތަށް ހޯދަން ވިލާއިން މަސައްކަތް މިކުރަނީ. އެކަމަކު އެކަން އަދި ކާމިޔާބެއް ނުވޭ" ދިޔަރެސް އަށް މައުލޫމާތު ދެއްވި ވިޔަފާރި ކުންފުންޏެއްގެ އިސްވެރިއަކު ވިދާޅުވިއެވެ.

ވިލާ ގުރޫޕުން ހޯލް ސޭލް ފިހާރައެއް ހުޅުވިއިރު، އެ ކުންފުނިން ދަނީ މާލެ އާއި ހުޅުމާލޭގައި ވިލާމާޓުގެ ނަމުގައި ކަންމަތީ ފިހާރަތަކެއް ހުޅުވާ ކުދި ވިޔަފާރިތަކާއި ވާދަކުރަމުންނެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ އެންމެ މުއްސަދި މަހުޖަނުންގެ ތެރެއިން ކުދި ވިޔަފާރިތަކާއި ވާދަކުރުމަށް ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިކުރާ ހަމައެކަނި ފަރާތަކީ ގާސިމްއެވެ.

މި ލިއުމާއި ގުޅޭ