Thursday 23rd Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ކަސްޓަަމަރުންގެ ރައްކާތެރިކަމަށް ބީއެމްއެލް އިން އިތުރު ފިޔަވަޅުތަކެއް

ބޭންކް އޮފް މޯލްޑިވްސްގެ ކަސްޓަމަރުންގެ ރައްކާތެރިކަމަށް އިތުރު ފިޔަވަޅެއް އެބޭންކުން އަޅައިފިއެވެ.

އެގޮތުން މިއަދު އެބޭންކުން ހާމަކޮށްފައިވާ ގޮތުގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންއަށް ލޮގިންކުރަން މަސައްކަތްކޮށް ނުވަދެވޭ ހާލަތްތަކުގައި ނޮޓިފިކޭޝަން ލިބޭ ގޮތަށް ވަނީ ހަމަ ޖައްސައިފައެވެ.

ބީއެމްއެލް އިން ބުނީ މިއީ މިހާރު ވެސް ލޮގިން ކުރާ އިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށެވެ. އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ މި ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް އެބޭންކުން ބުންޏެވެ.

"މި ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިން އަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންނެވެ. މި ހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށެވެ." ބީއެމްއެލް އިން ބުންްޏެވެ.


ސްކޭމްތަކުން ކަސްޓަމަރުން ރައްކާތެރިކުރުމަށް ގިނަ ފިޔަވަޅުތަކެއް ބީއެމްއެލްއިން އަޅާފައިވާއިރު، މި ހަފްތާގެ ކުރީކޮޅު ވެސް އެބޭންކުން ވަނީ ސްކޭންކޮށްގެން ޕޭމަންޓް ހަދާ ހުރިހާ މުއާމަލާތަކަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ޖަހަންޖެހޭ ގޮތަށް ހަމަޖައްސައިފަ އެވެ.

އަދި މީގެ އިތުރުން އޯޓީޕީ ޖެނެރޭޓްކުރުމަށް އޮތެންޓިކޭޓާ އެޕް ތައާރަފްކުރުމާއި އޯޓީޕީ ފޮނުވާ ޑިފޯލްޓް ޗެނަލެއްގެ ގޮތުގައި އީމެއިލް ހުއްޓާލުމާއި ލޮގިންކުރާ ހާލަތްތަކުގައި އެލާޓް ފޮނުވުމުގެ އިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިންގެ ހުރިހާ މުއާމަލާތަކަށް ޕުޝް ނޮޓިފިކޭޝަން ފޮނުވުމުގެ ޚިދުމަތް އެބޭންކުން ވަނީ ކަސްޓަމަރުގެން ސަލާމަތައްޓަކައި ހަމަޖައްސައިދީފަ އެވެ.

މި ލިއުމާއި ގުޅޭ