Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ނިއުކުލިއާ ހަތިޔާރު

ބައިޑެންއާއި ސުނާކް އަދި އަލްބަނީސް ނިއުކުލިއާ ސަބްމެރިނާ ގުޅޭ ގޮތުން މަޝްވަރާކުރައްވަނީ

އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާގެ އެންމެ އިސްވެރިން ނިއުކުލިއާ ސަބްމެރިން ޑީލަކާ ގުޅޭ ގޮތުން މަޝްވަރާކުރެއްވުމަށް ސޭން ޑިއޭގޯގައި ބައްދަލުކުރައްވަމުން އެބަގެންދަވައެވެ. މި ބައްދަލުވުމުގައި ނިއުކުލިއާ ސަބްމެރިނާ ގުޅޭ މުހިއްމު ނިންމުމެއް އިއުލާނުކުރައްވާނެކަމަށް ބެލެވެއެވެ.

އެމެރިކާގެ ރައީސް ޖޯ ބައިޑަން އަދި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނާކްއާއި އޮސްޓްރޭލިއާގެ ބޮޑުވަޒީރު އެންތަނީ އަލްބަނީސްގެ މި ބައްދަލުވުން އޮންނަނީ ކެލިފޯނިއާގެ ކަނޑުގެ އަސްކަރިއްޔާގެ ހަބެއްގައެވެ. އެ ބައްދަލުވުމުގައި ތިން ޤައުމު ހިމެނޭ އައު ސަލާމަތީ އެއްބަސްވުމަކަށް ވާސިލުވެވޭނެކަމަށް މީޑިއާއިން ރިޕޯޓުކުރއެވެ.

ނިއުކުލިއާ ހަކަތަ ބޭނުންކުރާ ސަބްމެރިންގެ ޓެކްނޮލޮޖީ އެމެރިކާއިން އޮސްޓްރޭލިއާއަށް ވިއްކުމަކީ މި އެއްބަސްވުމުގެ މައިގަނޑު އެއް މަޤުޞަދެވެ. މި ސަބްމެރިނަކީ މީގެ ކުރިން އެމެރިކާއިން ހަމައެކަނި އިނގިރޭސިވިލާތާ ހިއްސާކުރަމުން އައި ޓެކްނޮލޮޖީއެކެވެ.

ނިއުކުލިއާ ސަބްމެރިން ގަތް ނަމަވެސް ނިއުކުލިއާ ހަތިޔާރު އެ ޤައުމުން ނުހޯދާނެކަން އޮސްޓްރޭލިއާއިން އޮތީ އިއުލާނުކޮށްފައެވެ.

ނަމަވެސް ނިއުކުލިއާ ސަބްމެރިން ބޭނުންކޮށްގެން އެތައް މަސްތަކަކަށް ކަނޑުގެ އަޑީގައި އޮސްޓްރޭލިއާގެ އަސްކަރިއްޔާއަށް ޤާއިމުވެ ތިބުމުގެ ފުރުސަތު ލިބޭނެއެވެ. މިއީ އޮސްޓްރޭލިއާގެ އައްސޭރިތަކަށް ޗައިނާގެ އަސްކަރީ ބާރު ވާސިލުވަމުންދާ ދުވަސްވަރެއްގައި މުހިއްމު ބާރަކަށްވާނެކަމަށް އޮސްޓްރޭލިއާއިން ދެކެއެވެ.

އިނގިރޭސި ނޫހެއްކަމަށްވާ ޓައިމްސް ނޫހުން ރިޕޯޓުކުރި ގޮތުގައި އެމެރިކާގެ ނިއުކުލިއާ ޓެކްނޮލޮޖީ އޮސްޓްރޭލިއާއަށް ފޯރުކޮށްދިނުމުގެ އެއްބަސްވުމުގެ ދަށުން އެ ޤައުމުން ހޯދާނީ އިނގިރޭސިވިލާތުން އުފައްދާ ސަބްމެރިން ކަމަށެވެ.

އޮސްޓްރޭލިއާއަށް އެމެރިކާގެ ޓެކްނޮލޮޖީ ބޭނުންކުރާ އިނގިރޭސި ސަބްމެރިން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމުގެ ކުރިން ޗައިނާއިން ބުނެފައިވަނީ އެ އެއްބަސްވުމަކީ ހަތިޔާރު އުފެއްދުމާއި ހޯދުމުގެ ރޭހަކަށް ހުޅުވައިލެވޭ ފުރުސަތެއް ކަމަށެވެ.

"އަހަރުމެން އެމެރިކާއާއި އިނގިރޭސިވިލާތާއި އޮސްޓްރޭލިއާއަށް ގޮވައިލަނީ ފިނި ހަނގުރާމައިގެ ވިސްނުމާއި ފިކުރު ދޫކޮށް، ތެދުވެރިކަމާއެކު ބައިނަލްއަޤުވާމީ ގުޅުންތަކުގައި ބައިވެރިވުމުގެ ހަމައަށް އިހުތިރާމަކުރަން ގޮވައިލަން،" ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ޗައިނާގެ ޚާރިޖީވުޒާރާގެ ތަރުޖަމާން މާއޯ ނިންގް ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ