Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ބީއެމްއެލް

ބީއެމްއެލްއިން އިންޓަނެޓް ބޭންކިން ލޮގިން ފެއިލްވުމުން ނޮޓިފިކޭޝަން ފޮނުވަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ނުވަތަ މޯބައިލް ބޭންކިންގެ ހިދުމަތަށް ލޮގިންވުމުގައި ފެއިލްވާ ކޮންމެ ފަހަރަކު އެ އެކައުންޓެއްގެ ވެރިފަރާތުގެ ސަމާލުކަމަށް އެކަން ގެނައުމުގޮތުން ނޮޓިފިކޭޝަން ފޮނުވާން ފަށައިފާވާކަމަށް އެ ކުންފުނިން ބުނެފައެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ފޮނުވަން ފެށި ނޮޓިފިކޭޝަން އަކީ މިހާރުވެސް ލޮގިން ވާއިރު ފޮނުވާ އެލާޓްގެ އިތުރުން ކަސްޓަމަރުންނަށް ލިބޭނެ ނޮޓިފިކޭޝަނެއް ކަމަށެވެ.

އެގޮތުން އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ޖެހިޖެހިގެން ތިން ފަހަރު ވަންނަން މަސައްކަތްކޮށް ލޮގިން ނުވެވިއްޖެނަމަ އެ ހިދުމަތް މެދުކެނޑޭ ހާލަތްތަކުގައި އީމެއިލް މެދުވެރިކޮށް ކަސްޓަމަރުންނަށް އެލާޓް ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.

އެ ކުންފުނިން ބުނީ އެ ނޮޓިފިކޭޝަންތައް ކަސްޓަމަރުންނަށް ފޮނުވަނީ އިންޓަނެޓް އަދި މޮބައިލް ބޭންކިންއަށް ވަންނަން މަސައްކަތްކުރާ ހާލަތެއްގައި ކަސްޓަމަރުންނަށް އެކަމުގެ މައުލޫމާތު ދިނުމުގެ ގޮތުންކަމަށާއި އެހާލަތްތަކުގައި އީމެއިލް ފޮނުވާނީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ އީމެއިލް އެޑްރެހަށްކަމަށެވެ.

މީގެއިތުރުން އިންޓަނެޓް އަދި މޮބައިލް ބޭންކިން ޔޫސަނޭމާއި ޕާސްވޯޑް އެއްވެސް ފަރާތަކާ ހިއްސާ ނުކުރުމަށް އިލްތިމާސްކޮށްފަ ބީއެމްއެލްއިން ވަނީ ދޭތެރެދޭތެރެއިން ޕާސްވޯޑް ބަދަލުކޮށް އަބަދުވެސް ވަރުގަދަ ޕާސްވޯޑެއް ބޭނުންކުރުމަށް އިލްތިމާސްކޮށްފައެވެ.

މި ލިއުމާއި ގުޅޭ