Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އޫރިދޫ

އާ ޕްރޮޖެކްޓްތަކަށް މިދިޔަ އަހަރު 379 މިލިއަން ރުފިޔާ ހޭދަކުރިން: އުރީދޫ

އުރީދޫ މޯލްޑިވްސްއިން މިދިޔަ އަހަރު މުޅިން އާ ޕްރޮޖެކްޓްތަކަށް 379 މިލިއަން ރުފިޔާ އިންވެސްޓްކޮށްފައިވާކަމަށް އެކުންފުނީގެ ބޯޑުން ބުނެފިއެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ އުރީދޫން ބޭއްވި އަހަރީ އާއްމު ޖަލްސާގައި ހިއްސާދާރަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު އަދި ބޯޑު ޑިރެކްޓަރު ސުރޭޝް ކަލްޕަތީ ޗިދަމްބަރަމް ވިދާޅުވީ، އުރީދޫގެ ފައިނޭޝަލް ކޯސްޓު ނުވަތަ ދަރަނި އަދާކުރުމުގެ ހަރަދު ބޮޑުވެފައިވަނީ ކުންފުނިން ތަފާތު އިންވެސްޓްމެންޓްތައް ކުރަމުން އަންނާތީ ކަމަށެވެ.

އެގޮތުން ސަބްމެރިން ކޭބަލް އެޅުމުގެ މަޝްރޫއުއަކީ ވެސް ބޮޑު ހަރަދެއް ކަމަށާއި 5ޖީ ހިދުމަތް އިތުރަށް ފުޅާ ކުރުމަށް ވެސް ބޮޑު ހޭދައެއް ކުރިކަމަށް އޭނާ ވިދާޅުވިއެވެ.

އުރީދޫން މިދިޔަ އަހަރު ދަރަނި އަދާކުރަން 83 މިލިއަން ރުފިޔާ ހޭދަކޮށްފައިވާއިރު ރޭޝް ވިދާޅުވިގޮތުގައި އުރީދޫގެ ހިދުމަތް ފުޅާ ކުރުމުގެ ގޮތުން މިއަހަރު ވެސް އިތުރު ޕްރޮޖެކްޓްތަކަށް ބޮޑު ހޭދައެއް ކުރާނެއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ ފައިނޭންޝަލް ކޯސްޓް ވެސް ބޮޑުވާނެކަމަށާއި ނަމަވެސް އެއަށްފަހު އެ ހަރަދު އަންނާނީ ކުޑަވަމުންކަމަށެވެ.

މި ލިއުމާއި ގުޅޭ