Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތަޢުލީމީ ވުޒާރާ

ސްކޫލު ގަޑީ ބޭރަށް ދިއުމުން، ގަނޑު ހިފައިގެން އެންމެން ކުރިމަތީ ދެގަޑިއިރު ކޮޅަށް ބަހައްޓައިފި

ލ. އިސްދޫ ކަލައިދޫ ސްކޫލުގެ ދަރިވަރުންތަކެއް ސްކޫލު ވަގުތުގައި ސްކޫލު ހޯލުން ބޭރަށް ދިއުމުން އެކުދިންނަށް ދިން އަދަބާމެދު ބައެއް ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ސްކޫލުގެ ރަސްމީ ގަޑީގައި ހުއްދަނެތި ބޭރަށް ދިއުމުން އަދަބު ދިނީ ގްރޭޑް 10 ގެ ތިން ދަރިވަރަކަށެވެ.

ބެލެނިވެރިއަކު "ދިޔަރެސް" އަށް ބުނި ގޮތުގައި, އަދަބެއްގެ ގޮތުން "ދެން ސްކޫލު ގަޑީގައި ބޭރަށް ނުދާނެ" ކަމަށް ގަނޑެއްގައި ލިޔުއްވުމަށްފަހު، އެ ގަނޑު ހިފަހައްޓައިގެން ސްކޫލް ހުރިހާ ކުދިންނަށް ފެންނަ ގޮތަަށް، އެސްމްބްލީ ސްޓޭޖް މަތީ ގާތްގަނޑަކަށް ދެ ގަޑިއިރު އެކުދިން ކޮޅަށް ބޭތިއްބި އެވެ.

"އިންޓަވަލް ގަޑީ މުޅި ސްކޫލްގެ ހުރިހާ ދަރިވަރުން އެތަނަށް އެއްވެ އެ ތިން ކުދިން އެގޮތަށް ތިބި މަންޒަރު ބަލައި ހީ ސަކަރަތް ޖަހާ ހެދި. އަދި މި މަންޒަރު ވަނީ ޕްރީސްކޫލްގެ ބެލެނިވެރިންނަށް ވެސް ފެނިފަ، އޭނާ ބުންޏެވެ.
އެފަދަ ކަންކަމަކީ ދަރިވަރުން ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ބުލީގެ ޝިކާރައަކަށްވެ، ކިޔެވުމުގެ މައިދާނުން ކުއްޖާ ފޫހިވެގެންދާ ސަބަބަކަށް ވެދާނެ ކަމަށް ބުނެ ބެލެނިވެރިޔާ ކަންބޮޑުވުން ފާޅުކުރި އެވެ.
"މިކަން ހިގާފައިވާ ގޮތް ސްކޫލުން ބެލެނިވެރިންނާއި ހިއްސާކޮއްފައެއް ނުވޭ. އެކުދިންނަށް އަދަބު ދީފައިވާނީ އެ ގްރޭޑްގެ ލީޑިން ޓީޗަރު އިސްވެހުރެ،" ބެލެނިވެރިޔާ ބުންޏެވެ.

އިސްދޫކަލައިދޫ ސްކޫލު ހިންގެވުމާ ހަވާލުވެ ހުރި ފަރާތަށް "ދިޔަރެސް" އިން ގުޅައި، އެކުދިންނަށް ދިން އަދަބާ ގުޅޭގޮތުން ސުވާލު ކުރުމުން ވަނީ ޖަވާބު ނުދީ ފޯނު ކަނޑާލާފަ އެވެ. އެހެންވެ މި މައްސަލައިގައި ސްކޫލުގެ ބަހެއް ވަނީ ލިބޭގޮތް ނުވެފަ އެވެ.

މި ލިއުމާއި ގުޅޭ