Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދިވެހި ފުލުހުން

މޫނު ނިވާކޮށްގެން ތިބި ފުލުހުން މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި

މޫނު ނިވާކޮށްގެން ތިބި ފުލުހުން ރޭ މާލޭގައި ބޮޑު އޮޕަރޭޝަނެއް ހިންގައިފި އެވެ.

ހެންވޭރު 'ދީފްރަމް' ގޯޅި އާއި 'ރޯޝަނީ' މަގުގެ އިތުރުން 'މެހެލި' ގޯޅީގައި ބެރިކޭޑް ޖަހައި ބަންދުކޮށްގެން ކުރިއަށްގެންދިޔަ އެ އޮޕަރޭޝަންގައި ފުލުހުން ވަނީ އެ ސަރަހައްދުގައި ހުރި ގެސްޓުހައުސްތަކާއި ގެއެއް ބަލައި ފާސްކޮށްފަ އެވެ.
ޑީއީޑީ އަދި ސްވަޓް ޓީމުގެ ފުލުހުންވެސް ހިމެނޭހެން، އެ އޮޕަރޭޝަންގައި މޫނު ނިވާކޮށްގެން ތިބި 50 އެއްހާ ފުލުހުން ހަރަކާތްތެރިވި ކަމަށް މައުލޫމާތު ލިބެ އެވެ.
އެ އޮޕަރޭޝަނާ ބެހޭ މައުލޫމާތު ފުލުހުން މީޑިއާއަށް ހާމަކޮށްފައެއް ނުވެ އެވެ.
އެކަމަކު "ދިޔަރެސް" އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެ އޮޕަރޭޝަނަކީ މިދިޔަ މަހު މާލޭގެ ފިހާރައެއްގެ ތެރޭގައި މީހަކުގެ ގަޔަށް ވަޅި ޖެހި މައްސަލައިގައި މީހަކު ހައްޔަރު ކުރުމަށް ހިންގި އޮޕަރޭޝަނެކެވެ.
ފުލުހުން ފާސްކުރި ސަރަހައްދަށް ދިޔައީ އެ ސަރަހައްދުގައި މައްސަލައާ ގުޅުންހުރި މީހަކު ހުރިކަމަށް މައުލޫމާތު ލިބިގެން ނަމަވެސް އޮޕަރޭޝަން ނިންމާލިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއްނުވެ އެވެ.
ފެބުރުވަރީ 24 ވަނަ ދުވަހުގެރޭ، މާފަންނު ފިހާރައެއްގެ ތެރޭގައި ތޫނު ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ހަމަލާދިނުމުގައި އަމަލީ ގޮތުން ބައިވެރިވި އެކަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އެނގިފައިވާ ގޮތުގައި ވަޅިން ހަމަލާދިނީ ހެލްމެޓް އަޅައިގެން ތިބި ދެމީހެކެވެ.

އެ ހާދިސާގައި ޒަހަމަކޮށްލާފައިވަނީ އުމުރުން 30 އަހަރުގެ އައްޑޫސިޓީއަށް ނިސްބަތްވާ ޒުވާނެކެވެ. އޭނާގެ އެކި ތަންތަނަށް ވަޅި ހަރައި ފުންކޮށް ޒަހަމްކޮށްލާފައިވެ އެވެ. އަދި އެ ޒަހަމްތަކުގެ ސަބަބުން އޭނާ ވަނީ މަރުވެފައެވެ.

މި ލިއުމާއި ގުޅޭ