Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޙައްޖު ކޯޕަރޭޝަން

ބޮޑެތި ބަލިތަކަށް ފަރުވަ ކުރާ މީހުންނަށް ހާއްސަ 50 ހައްޖު ކޯޓާ

މިއަހަރު ރާއްޖެއަށް ލިބުނު ހައްޖު ކޯޓާގެ ތެރެއިން 50 ޖާގަ، ބޮޑެތި ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް ހާއްސަ ކުރުމަށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުން ނިންމައިފި އެވެ.

ހައްޖު ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ ރާއްޖެއަށް ލިބިފައިވާ ކޯޓާގެ ތެރެއިން 50 ޖާގަ ހާއްސަ ކުރަނީ "ފުރާނައަށް ނުރައްކާވާފަދަ ބޮޑެތި ބަލިތައް" ތަހައްމަލުކުރަމުންދާ މީހުންނަށް ކަމަށެވެ.

އެ 50 ޖާގަ ހާއްސަކުރާނީ ބޮޑެތި ބަލިތަކަށް ފަރުވާކުރާ، މީގެ ކުރިން ފަރުޟު ހައްޖު އަދާކޮށްފައިނުވާ މީހުންނަށް ކަމަށް ވެސް ހައްޖު ކޯޕަރޭޝަނުން ބުންޏެވެ.
އެ ކޮޕަރޭޝަނުން ބުނި ގޮތުގައި ހުށަހެޅުންތައް ބަލައިގަންނާނެ އެންމެ ފަހު ތާރީހަކީ މި މަހުގެ 21 ވަނަ ދުވަހުގެ 14:00 ކުރިންނެވެ.
ސައުދީން މި އަހަރު ރާއްޖެއަށް 1000 ހައްޖު ކޯޓާ ހަމަޖައްސާފައިވާއިރު، އިތުރު 2500 ކޯޓާ ހޯދުމުގެ މަސައްކަތް ކުރައްވަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރ ވަނީ ބުނެފަ އެވެ.
މި ލިއުމާއި ގުޅޭ