Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ޔުނައިޓެޑާއި ޔުވެންޓަސް މޮޅުވިއިރު އާސެނަލް އެއްވަރު

ޔޫއެފާ ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގްގެ މެޗު ރޭ މެންޗެސްޓާ ޔުނައިޓެޑާއި ޔުވެންޓަސް ކާމިޔާބު ކުރިއިރު އާސެނަލް އެއްވަރުވެއްޖެ އެވެ.

ޔުނައިޓެޑް އަމިއްލަ ދަނޑުގައި ރޭ މޮޅުވީ ސްޕެއިންގެ ރެއާލް ބެޓިސްއާ ވާދަކޮށް 1-4 އިންނެވެ. ޔުވެންޓަސް ވަނީ އަމިއްލަ ދަނޑުގައި ޖަރުމަނުގެ ފްރެއިބާގް 0-1 އިން ބަލިކޮށްފަ އެވެ. އާސެނަލް ރަށުން ބޭރުގައި ޕޯޗުގަލްގެ ސްޕޯޓިން ލިސްބަންއާ ވާދަކުރި މެޗު ނިމުނީ 2-2 އިން އެއްވަރުވެގެންނެވެ.

ބެޓިސް މެޗަކީ މި ހަފްތާ ލިވަޕޫލްއާ ދެކޮޅަށް ކުޅެ 0-7 އިން ބަލިވިފަހުން ޔުނައިޓެޑް ކުޅުނު ފުރަތަމަ މެޗެވެ. އެ މެޗުގައި ދަށް ކުޅުމެއް ފެނުނަސް ރޭ ޔުނައިޓެޑުން ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. މެޗުގައި ޔުނައިޓެޑްގެ ގޯލުތައް ކާމިޔާބުކޮށްދިނީ މާކަސް ރަޝްފޯޑް އާއި އެންޓޮނީގެ އިތުރުން ބްރޫނޯ ފެނާންޑޭސް އަދި ވައުޓް ވެގްހޯސްޓް އެވެ.

ރަޝްފޯޑްގެ ގޯލަކީ މި ސީޒަނުގައި އޭނާ ޖެހި 26 ވަނަ ގޯލެވެ. އަނެއްކޮޅުން ވެގްހޯސްޓް ރޭ ޖެހި ގޯލަކީ ޔުނައިޓެޑަށް ބަދަލުވި ފަހުން އެ ދަނޑުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

ރޭ ޔުވެންޓަސް ހޯދި ހަނި މޮޅުގައި އެޓީމުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ އެންހެލް ޑި މާރިއާ އެވެ. ޔުވެންޓަސް ޓީމުގެ ޕައުލް ޕޮގްބާގެ އަހްލާގީ މައްސަލައަކާ ގުޅިގެން ރޭ ސްކޮޑަށް ނަގާފައެއްނުވެ އެވެ. ޕޮގްބާއާ ގުޅޭގޮތުން ޔުވެންޓަސްގެ ކޯޗު މެކްސް އަލެގްރީ ބުނީ ޕޮގްބާ ޓީމަށް ނުނެގީ ޓީމުގެ ބައްދަލުވުމަށް ލަހުން އައުމުން ކަމަށެވެ.

ސްޕޯޓިން ލިސްބަންއާ ދެކޮޅަށް ކުޅުނު މެޗުގައި އާސެނަލްގެ ފުރަތަމަ ގޯލު ޖެހީ ވިލިއަމް ސަލިބާ އެވެ. އެޓީމުގެ އަނެއް ގޯލަކީ ސްޕޯޓިންގެ މޮރީޓާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

ޔޫރޮޕާ ލީގުގައި ރޭ ރޯމާ ވަނީ އަމިއްލަ ދަނޑުގައި ރެއާލް ސޮސިއެޑާޑް 0-2 އިން ބަލިކޮށްފަ އެވެ. ބަޔާން ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި ފްރެންކްވަރޯސް 0-2 އިން ބަލިކޮށްފަ އެވެ. ޔޫނިއަން ބާލިން ކުޅުނު މެޗާއި ޝަކްތާ ޑޮނެސްކް ކުޅުނު މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ޔޫރޮޕާ ލީގުގެ ގަދަ 16 ގެ ދެވަނަ ލެގްގެ މެޗުތައް އޮންނާނީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރެ އެވެ.

މި ލިއުމާއި ގުޅޭ