މި އަހަރު މަޑަގަސްކަރާގައި ބާއްވާ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކުރާ މި ދެކުޅުންތެރިންގެ ތެރެއިން ބޭންކްގެ ސްކޮލަރޝިޕް ލިބިފައިވަނީ ޖުމާނާއަށެވެ. އަދި އަރުތަ ސްކޮލަޝިޕް ލިބުނީ މިޝްކާއަށެވެ.
މި ފުރުސަތު މި ދެ ކުޅުންތެރިންނަށް ހޯދައިދިނުމަށް ކުޅިވަރާބެހޭ ވަޒީރު އަހުމަދު މަހްލޫފާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުރެއްވި މަސައްކަތަށް ޓޭބަލް ޓެނިސް އެސޯސިއޭޝަނުން ވަނީ، އެ ދެ ފަރާތަށް ވަރަށްބޮޑަށް ޝުކުރު އަދާކޮށްފައެވެ.
އަރުތަ ޕްރޮގްރާމުގެ އެންމެ ބޮޑު މަގުސަދެއްގެ ގޮތުގައި ކުޅިވަރާ ބެހޭ ވުޒާރާއިން ފާހަގަކުރަނީ ޕްރޮފެޝަނަލް އެތުލީޓުންތަކެއް އުފެއްދުމެވެ. އެކަމުގެ މަސައްކަތުގެ ތެރެއިން އެތުލީޓުންނަށް ބޭނުންވާ އިލްމާއި ހުނަރާއި އަހުލާގު ދަސްކޮށްދިނުމުގެ ގޮތުން ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފެސިލިޓީތަކުގައި ދުނިޔޭގެ ފެންވަރުގެ ކޯޗުންނާއެކު ތަމްރީނުވުމުގެ ފުރުސަތު ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.