Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސައުދީ އަރަބިއްޔާ

ސައުދީގެ ފްލައިނަސްގެ ދަތުރުތައް ރާއްޖެއަށް!

ސައުދީ އަރަބިއްޔާގެ އެއާލައިނެއް ކަމުގައިވާ ފްލައިނަސްއިން ރާއްޖެއަށް ދަތުރުތައް ފެށުމަށް ނިންމައިފިއެވެ.

ފްލައިނަސްއިން ރާއްޖެ ހިމެނޭހެން މިއަހަރު މުޅިން އަލަށް ދަތުރުތައް ފަށާ ހަތަރު މަންޒިލް ހިމެނޭއިރު ދެން އެ އެއާލައިނުން ދަތުރުކުރާނީ ތުރުކީ، މޮންޓެނީގްރޯ އަދި އަރުމޭނިއާއަށެވެ.

ސައުދީގެ އަރަބިއްޔާ އަދި މެދުއިރުމަތީގައިވެސް ފްލައިނަސް ފާހަގަކުރެވިފައިވަނީ އަގުހެޔޮކޮށް ދަތުރުކުރާ އެއާލައިނެއްގެ ގޮތުގައެވެ.

ފްލައިނަސްއިން ރާއްޖެއަށް ދަތުރުތައް ފަށަން ނިންމި ނަމަވެސް ސައުދީގެ ވެރިރަށް ރިޔާދުގެ ކިންގް ހާލިދު އިންޓަނޭޝަނަލް އެއާޕޯޓުން ރާއްޖޭގެ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ކުރަން ހަމަޖެހިފައިވާ ދަތުރުތައް ފަށާނެ ވަކި ދުވަހެއް އެ އެއާލައިނުން އަދި ހާމައެއް ނުކުރެއެވެ.

ފްލައިނަސް ވުޖޫދަށް އައިސްފައިވަނީ 2007 ވަނަ އަހަރު ނަސްއެއާގެ ނަމުގައެވެ. ނަމަވެސް 2013 ވަނަ އަހަރު ފްލައިނަސްގެ ނަމަށް އެ އެއާލައިންގެ ނަން ބަދަލުކޮށް ފްލީޓު ވަނީ ވަރުގަދަކޮށްފައެވެ. ފްލައިނަސްގެ ފްލީޓްގައި މިވަގުތު 39 ބޯޓު އެބައޮތެވެ.

މި ލިއުމާއި ގުޅޭ