މާލޭ ސިޓީގެ ގިނަ މިސްކިތްތަކުގެ މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ދެ ހަފްތާގެ ތެރޭގައި ނިމޭނެ ކަމަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޑރ. މުއިއްޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާލޭ ސިޓީގެ ވަރަށް ގިނަ މިސްކިތްތަކުގެ މަރާމާތު މަސައްކަތް އެއްފަހަރާ ކުރިއަށް ގެންދާ ކަމަށެވެ.
އެގޮތުން ގިނަ މިސްކިތްތަކުގެ އެންމެ މުހިއްމު މަސައްކަތްތައް ދެ ހަފްތާގެ ތެރޭގައި ނިންމޭނެކަމަށް މޭޔަރު ވިދާޅުވެފައިވެއެވެ.
މާލެ ސިޓީ ކައުންސިލުން އަންނަނީ މާލޭގެ އެކި ސަރަހައްދުތަކުގައި ހުރި މިސްކިތްތައް މަރާމާތުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މިސްކިތްތަކުގެ މަރާމާތުތައް އެ ކައުންސިލުން ބުނިގޮތުގައި ކުރަމުން ގެންދަނީ “ޗާލު މިސްކިތް” ފަންޑުން ލިބުނު ފައިސާއިންނެވެ.