Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އާދަމް ޝަރީފް އުމަރު

ޕީޕީއެމް އާ ގުޅުމަށް އަފީފް އާއި ބޮންޑެއަށް ދައުވަތު ދީފި

އެމްޑީޕީގެ އަސާސްތަކާ ދެކޮޅަށް އަމަލު ކުރަމުން ގެންދާ ކަމަށް ވިދާޅުވެ، އެ ޕާޓީގައި ތިއްބެވުމުގެ ޝައުގުވެރިކަން ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފާއި މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ދޫކޮށްލައިފައިވާ ކަމަށް ވިދާޅުވުމާއި ގުޅިގެން އެދެބޭފުޅުންނަށް އިދިކޮޅު ކޯލިޝަނާއި ގުޅުމަށް ދައުވަތު ދެއްވައިފިއެވެ.

މިކަން ހާމަކޮށް އިދި ކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް ވިދާޅުވީ އެދެމެމްވަރުންނަކީ ވަރަށް ތަޖުރިބާކާރު ދެބޭފުޅުން ކަމަށެވެ. އަދި މިވެރިކަން ބަދަލުކުރުމަށް އެދެބޭފުޅުންނަކީ އެސެޓަކަށް ވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފެކްޝަނަށް ނިސްބަތްވާ އެ ދެ މެންބަރުން އެމްޑީޕީން ވަކިވާން ބޭނުންވާ މޭރުމަކުން ވާހަކަ ދެއްކެވީ ސަރުކާރު ފަރާތުން ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކަށް ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.

އެ އިސްލާހުގައި ހުރި މައްސަލަތައް ފާހަގަ ކުރައްވައި އަފީފް ވިދާޅުވީ، އެމްޑީޕީން އެފަދަ ބިލެއް މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ވިސްނިވަޑައިނުގަންނަވާ ކަމަށާއި ނަމަވެސް އެ ޕާޓީގެ ބޮޑު އަޣުލަބިއްޔަތެއް އޮތުމުން ބޭނުން ގޮތަކަށް ފާސް ކުރެވިދާނެ ކަމަށެވެ.

އެމްޑީޕީގެ ޕީޖީން އެ ބިލަށް ވޯޓު ދިނުމަށް ތްރީލައިން ވިޕެއް ނެރޭނެ ކަމަށާއި އެ އަށް ވޯޓު ނުދީފި ނަމަ އަނެއްކާވެސް ފިޔަވަޅު އަޅާނެ ކަމަށް އަފީފް ވިދާޅުވި އެވެ. ނަމަވެސް ފިޔަވަޅު އަޅައި ޕާޓީން ވަކި ކުރިޔަސް މިހާރު މައްސަލައެއް ނެތް ކަމަށް އަފީފު ވިދާޅުވިއެވެ.

މީގެ އިތުރުން ބޮންޑޭ ވެސް ވިދާޅުވީ ފުލުހުންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ އެމްޑީޕީގެ "ސްޓޭންޑަޑެއް" ނޫން ކަމަށެވެ. އަދި އެމްޑީޕީއަކީ އިންސާފާއި ނަޒާހަތްތެރިކަމާއި ހަމަހަމަކަން ގެނެސްދިނުމަށްޓަކައި މަސައްކަތް ކުރާ ޕާޓީއެއް ކަމަށާއި އެއާ ހިލާފަށް ހުށަހަޅާ ބިލްތަކަށް ވޯޓެއް ނުދެވޭނެ ކަމަށް ބޮންޑޭ ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީން ވަކިވުމަށް އެ ޕާޓީގެ ރައިސް މުހައްމަދު ނަޝީދާ މަޝްވަރާ ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ލިއުމާއި ގުޅޭ