Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އެންޓި ކޮރަޕްޝަން ކޮމިޝަން

ޝަރުތު ހަމަނުވާ ބަސްތަކެއް ބަލައިގަތް މައްސަލާގައި ސާމީ އަގީލަށް ދައުވާކޮށްދޭން އެދިއްޖެ

އެއްބަސްވުމުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަނުވާ ބަސްތަކެއް ބަލައިގަންނަން ނިންމި މައްސަލައަކާ ގުޅިގެން ރީޖަނަލް އެއާޕޯޓްސް ކުންފުނީގެ މެނޭޖިން ޑިރެކްޓާގެ މަޤާމުގައި ކުރިން ހުންނެވި ސާމީ އަގީލުގެ މައްޗަށް ދައުވާކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ފޮނުވައިފިއެވެެ.

ސާމީ އަގީލުގެ ކޮރަޕްޝަނުގެ މައްސަލައެއް ފެންމަތިވެ އޭނާ ހުރި މަޤާމުން ސަސްޕެންޑުކުރީ 2021 ވަނަ އަހަރުއެވެ.

ބަސްތަކުގެ މައްސަލައަކީ ރީޖަނަލް އެއާޕޯޓްސް ކުންފުންޏަށް ބޭނުންވާ ބަސްތަކެއް ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އަމިއްލަ ކުންފުންޏަކާއެކު، 2019 ވަނަ އަހަރު ހެދި އެއްބަސްވުމުގެ ދަށުން ފޯރުކޮށްދިން ބަސްތަކުގައި އެއްބަސްވުމުގައި ބަޔާންކުރާ ޝަރުތު ފުރިހަމަނުވަނީސް އެ ބަސްތައް ބަލައިގަތުމަށް ނިންމިކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީން ބުނެފައިވާ ގޮތުގައި އެ މައްސަލައިގެ ތަހުގީގުން ޝަރުތު ފުރިހަމަނުވާ ބަސްތަކެއް ބަލައިގަތުމަށް އެމްޑީގެ މަޤާމުގައި ހުންނަވައިގެން ސާމީ އަންގަވާފައިވާކަން އެނިފައިވާ ކަމަށެވެ.

އެ މައްސަލާގައި ސާމީގެ މައްޗަށް ދެ ދައުވާއެއް ކުރުމާމެދު ގޮތެއް ނިންމައިދޭން އޭސީސީން އެދިފައިވެއެވެ. އެއީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާއާއި މަޤާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިރު މަންފާ ހޯދައިދިނުމުގެ ކުށުގެ ދައުވާއެވެ.

ސާމީ ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީކަމަށް ހަމަޖެއްސުމަށް މަސައްކަތްކުރުމުން އޭނާ އެ މަޤާމަށް ހަމަޖެއްސުމާ ދެކޮޅުހަދައި އެ ވުޒާރާގެ މުވައްޒަފުން ސޮއިކޮށް ޕެޓިޝަނެއް ހުށަހެޅިއެވެ. ސާމީ އެމަޤާމަށް ހަމަޖައްސަވައިދެއްވަން މިނިސްޓަރު އާއިޝަތު ނަހުލާ އެދިވަޑައިގެންފައިވަނީ މުވައްޒަފުންގެ ޕެޓިޝަން ހުށަހަޅާފައިވަނިކޮށެވެ.

މި ލިއުމާއި ގުޅޭ