Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް

ގިރިފުށިން ކަރަންޓު ގޮސްގެން ގިނަ އަދަދެއްގެ ސިފައިން މާލެ ގެންނަން ޖެހިއްޖެ

ދިވެހި ސިފައިންގެ ތަމްރީނުތަކަަށް ބޭނުން ކުރަމުން އަންނަ ކ.ގިރިފުށީގައި ކަރަންޓު ނެތުމުގެ ސަބަބުން އެތަނުގައި ތަމްރީނު ހަދަމުން ދިޔަ ސިފައިން މާލެ ގެންނަން ޖެހިއްޖެއެވެ.

އިއްޔެ ގިރިފުށިން ކަރަންޓު ދިޔުމުގެ ސަބަބުން އެތަނުގައި ކައްކައި، ފެންވަރައި އަދި ކެވޭނެ ނިޒާމެއްވެސް ނެތިގެން ރޭގެ ވަގުތެއްގައި ތަމްރީނަށް ގޮސް ތިބި ހުރިހާ ސިފައިން މާލެ ގެނެސްފައިވެއެވެ. އަދި އެފަހުން މިއަދު ބާ އިންޖީނެއް ބޭނުން ކޮށްގެން ގިރިފުއްޓަށް ކަރަންޓު ދީފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ގިރިފުށީގެ އިންޖީނަށް މައްސަލަތައް ދިމާވެގެން، އެ އިންޖީނު މަރާމާތު ނުކުރެވިފައިވަނީ ބަޖެޓުގެ ދަތިކަމާއި ހެދި ކަމަށް މައުލޫމާތު ލިބެއެވެ.

ބާ އިންޖީނެއް ބޭނުންކޮށްގެން ކަރަންޓު ދިނުމަށްފަހު މިއަދު 4 ޖަހާއިރަށް އަނެއްކާ ތަމްރީނުތަކަށް އެރަށަށް ސިފައިން ގެންދަން ވަނީ ނިންމާފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ސިފައިންގެ ހާލަތު ވަނީ ވަރަށް ދަށަށްގޮސްފައެވެ. މިގޮތުން ސިފައިންގެ އަލިފާން ނިއްވާ ލޯންު ބޭނުން ނުކުރެވި އޮންނަތާ 2 މަސްވެފައިވާއިރު ސިފައިންގެ ފާސްޓް އިންޓަސެޕްޓަރ ވެސެލްތަކުގެ ތެރެއިން 3 ވެސެލް ބޭނުން ނުކުރެވޭތާ އެތައް ދުވަހެއް ވެއްޖެއެވެ.

މި ލިއުމާއި ގުޅޭ