Wednesday 14th May 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ތުރުކީ

ބިންހެލުމުގެ ސަބަބުން ތުރުކީއަށް 100 ބިލިއަން ޑޮލަރުގެ ގެއްލުން

ފާއިތުވިމަހު ތުރުކީއަށް އައި ބިންހެލުންތަކުގެ ސަބަބުން އެ ޤައުމަށް ލިބުނު ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެ ކަމަށް ޔޫއެންޑީޕީގެ އޮފިޝަލަކު ވިދާޅުވެއްޖެއެވެ.

ބިންހެލުން އައި ގަޒިއަންޓެޕްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ އޮފިޝަލް ވިދާޅުވި ގޮތުގައި ބިންހެލުންތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ އަގު 100 ބިލިއަން ޑޮލަރަށްވުރެ އިތުރުވާނެއެވެ.

ބިންހެލުމުގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައިގަތުމަށް މާޗު މަހު 16 ގައި ޑޯނަރ ކޮންފަރެންސެއް ބޭއްވުމަށް ޔޫއެންޑީޕީއާއި އިތުރު ބައިނަލްއަޤްވާމީ ޖަމާއަތްތައް ގުޅިގެން އަންނަނީ ތައްޔާރުވަމުންނެވެ.

ސީރިޔާ އަދި ތުރުކީއަށް އައި މި ބިންހެލުންތަކުގައި 52،000 އަށްވުރެ ގިނަ މީހުން މަރުވެފައިވެއެވެ. ގިނަ މީހުން މަރުވެފައިވަނީ ނިދާފައި ތިއްބާއެވެ. އަދި 2 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ގެދޮރު ނެތި ވަގުތީ ހިޔާތަކުގައި އުޅެން މަޖުބޫރުވެފައެވެ.

މިއީ ފާއިތުވި 100 އަހަރުތެރޭވެސް ތުރުކީއަށް އައި އެންމެ ބާރުގަދަ ބިންހެލުމެވެ.

މި ލިއުމާއި ގުޅޭ