Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑިފެންސް މިނިސްޓްރީ

އެމްއެންޑީއެފްގެ 3 ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް ނުދުއްވޭތާ އެތައް ދުވަހެއް!

ދިވެހި ޤައުމީ ދިފާއީ ބާރުގެ ކޯސްޓު ގާޑުން ކަނޑުމަތި ޕެޓްރޯލް ކުރުމަށާއި ސާޗް އެންޑް ރެސްކިއު އޮޕަރޭޝަންތަކުގައި ބޭނުން ކުރަމުން އަންނަ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓުތަކުގެ ތެރެއިން 3 އުޅަނދު ނުދުއްވޭތާ އެތައް ދުވަހެއް ވެއްޖެކަމަށް މައުލޫމާތު ލިބިއްޖެއެވެ.

"ދިޔަރެސް" އަށް މައުލޫމާތު ދެއްވި އެމްއެންޑީއެފްގެ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި އޭގެތެރެއިން 3 ކްރާފްޓެއްގައި އަލިފާން ނިއްވާ ފުޅިތައް މިހާރު ނެތް ކަމަށެވެ. އަދި އެ އުޅަނދުތަކުގައި ހާއްސަ އަލިފާން ނިއްވާ ފުޅިތަކެއް ހުންނަ ކަމަށާއި އެތަކެތި ނުލާ ދުއްވުމަކީ މަނާކަމެއް ކަމަށެވެ. ބަޖެޓުގެ ދަތިކަން ކުރިމަތިވެ، އަލިފާން ނިއްވާ ފުޅި ނުލިބޭތީ މިހާރު އޭގެ 3 އުޅަނދު ނުދުއްވޭ ކަމަށް އެ އޮފިޝަލް ވިދާޅުވިއެވެ.

އަދި އެކަމުގެ ސަބަބުން ސިފައިންގެ ވަރަށް ގިނަ އޮޕަރޭޝަންތަކަށް ހުރަސް އެޅޭކަން އެ އޮފިޝަލް ފާހަގަކުރެއްވިއެވެ.

ސިފައިންނަށް ފާސްޓް އިންޓަސެޕްޓަރ ވެސެލްތަކެއް އެންމެ ފުރަތަމަ ގެނެސްފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައެވެ. މިގޮތުން 129 މިލިއަން ރުފިޔާ ހަރަދުކޮށްގެން ލަންކާ ކުންފުންޏަކުން 5 ވެސެލް އޭރު ރާއްޖެ ގެނައެވެ. އެފަހުން ޖަޕާނުން އަދި އިންޑިއާއިން ވެސް މިފަދަ 2 ވެސެލް ގެނެސްފައިވެއެވެ.

3 ފާސްޓް އިންޓަރސެޕްޓަރ ވެސެލް ބޭނުން ނުކުރެވި އޮތް އިރު އެމްއެންޑީއެފްގެ ފަޔަރު ލޯންޗުވެސް މިހާރު އޮތީ ބޭނުން ނުކުރެވޭ ހާލަތުގައެވެ.

އަބަދުވެސް އެމްޑީޕީގެ ވެރިކަންތަކުގައި ދައުލަތުގެ ވަސީލަތްތައް ބެލެހެއްޓުމުގައި ފަރުވާކުޑަވާކަން ފާހަގަކުރެވެއެވެ.

މި ލިއުމާއި ގުޅޭ