Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ދައުލަތުގެ ރިޒާވް

ފެބްރުއަރީ މަހުވެސް ދައުލަތުގެ ރިޒާވް ދަށަށް

ފާއިތުވި މަހުވެސް ދައުލަތުގެ ރިޒާވްގައި ހުރި ބޭނުން ކުރެވޭ ފައިސާގެ އަދަދު މަދުވެއްޖެއެވެ.

މަރުކަޒީ ބޭންކުން އާންމުކޮށްފައިވާ ހިސާބުތަކަށް ބަލާއިރު ފެބްރުއަރީ މަހުގެ ނިޔަލަށް ދައުލަތުގެ ރިޒާވްގައި ބޭނުން ކުރެވޭ ގޮތަށް ހުރީ 235 މިލިއަން ޑޮލަރެވެ. އޭގެ ކުރީ މަސް ނިމުނު އިރު ބޭނުން ކުރެވޭ ރިޒާވްގެ ގޮތުގައި ހުރީ 254 މިލިއަން ޑޮލަރެވެ. އެހެން ކަމުން 1 މަސް ތެރޭގައި ރިޒާވް ވަނީ 19 މިލިއަން ޑޮލަރުން މަދުވެފައެވެ.

އޭގެ ކުރިން ޖެނުއަރީ މަހުވެސް، ޑިސެމްބަރު މަހާ އަޅާ ބަލާއިރު 13 މިލިއަން ޑޮލަރު ރިޒާވުން މަދުވެފައެވެ.

ޖެހިޖެހިގެން ދެ މަހުވެސް ރިޒާވް ދަށަށް ގޮސްފައި ވީނަމަވެސް ސަރުކާރުން ދަނީ ރިޒާވް އޮތީ ރަނގަޅު ހާލަތެއްގައި ކަމަށް ބުނަމުންނެވެ.

"ދައުލަތުގެ ރިޒާވް އޭގެ ރައްކާތެރި މިންގަނޑުގާ ދެމެހެއްޓޭނެކަމުގެ އިތުބާރު އިރާދަކުރެއްވިއްޔާ މިހާރު މިވަނީ ލިބިފަ" މި ދައުރަށް ރައްޔިތުންގެ މަޖިލީސް ހުޅުވި ޖަލްސާގައި އިއްވި ބަޔާނުގައި ރައީސް އިބްރާހީމް ވިދާޅުވިއެވެ.
އެހެން ނަމަވެސް ރަސްމީ ރިޒާވްގެ އިތުރުވެފައިވަނީ ރާއްޖޭގެ އިޤްތިސާދު ރަނގަޅުވެ އިތުރަށް ބޭރު ފައިސާ ލިބިގެނެއް ނޫނެވެ. ރިޒާވްގައި ހުރި ފައިސާ ހުސްވަމުންދާތީ ސަރުކާރުން ވަނީ ނޮވެމްބަރު މަހު އިންޑިއާގެ ރިޒާވް ބޭންކުން 200 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. ޖުމްލަ ރިޒާވްގެ އަދަދު އިތުރުވީ އެސަބަބާއި ހުރެއެވެ.

ދައުލަތުގެ ރިޒާވް ދަށަށް ގޮސްފައިވާއިރު ރާއްޖެއަށް ވަނީ ޑޮލަރުގެ ދަތިކަން އިންތިހާއަށް ކުރިމަތިވެފައެވެ. މިގޮތުން ކަޅު ބާޒާރުގައި ޑޮލަރު މިހާރު ލިބެނީ 17 ރުފިޔާއަށްވުރެ މަތިންނެވެ.

މި ލިއުމާއި ގުޅޭ