Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު މުޙައްމަދު އަސްލަމް

ފުލުހަށް ވައްދާމީހުން ބެކްގްރައުންޑް ޗެކް ހަދަން ނުޖެހޭގޮތަށް ގާނޫނު އިސްލާހުކުރަން ހުށަހަޅައިފި

ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކުގެ ބެކްގްރައުންޑް ޗެކް ހަދަން ނުޖެހޭ ގޮތަށް ފުލުހުންގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ސަރުކާރުގެ ފަރާތުން އެ އިސްލާހް މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުހައްމަދު އަސްލަމްއެވެ.

އަސްލަމް ވަނީ ފުލުހުންގެ ގާނޫނުގެ ދެ މާއްދާއަކަށް އިސްލާހް ގެނައުމަށް ހުށަހަޅުއްވާފައެވެ. އެއީ ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާ އާއި 100 ވަނަ މާއްދާގެ (ކ)އެވެ.
އަސްލަމް ވިދާޅުވީ ފުލުހުންގެ ހިދުމަތަށް އަލަށް ގުޅޭ ފަރާތްތަކަކީ ސަލާމަތީ ހިދުމަތެއްގައި ވަޒީފާ އަދާކުރަން އެކަށީގެންވާ ފަރާތެއްތޯ ބެލުމަށްޓަކައި ފުލުހުންގެ ގާނޫނުގެ 17 ވަނަ މާއްދާގެ ދަށުން ބެކްގްރައުންޑް ޗެކް ހެދުމަށް ލާޒިމް ކުރާކަމަށެވެ.

އޭނާ ވިދާޅުވީ އެފަދައިން ބެކްގްރައުންޑް ޗެކެއް ހެދުމަކީ އެކަށީގެންވާ ކަމެއްކަމަށް ނުވެދާނެކަމަށާއި އެހެންކަމުން ގާނޫނުގެ 17 ވަނަ މާއްދާގައި ބުނާ ބެކްގްރައުންޑް ޗެކް ހެދުމުގެ ގޮތުން ފުރިހަމަކުރަން ޖެހޭ ކަންތައްތަކަކީ ލާޒިމްކަމެއް ނޫންކަމަށް ހެދުމަށް ގާނޫނު އިސްލާހު ހުށަހަޅާކަމަށެވެ.

ދެން އިސްލާހްކުރަން ހުށަހަޅާފައިވަނީ 100 ވަނަ މާއްދާގެ (ކ)އެވެ. އެ މާއްދާގެ އެ އަކުރުގައި ވަނީ ތަހްގީގުތައް ކުރާ ފުލުހުން ފުރިހަމަ ކުރަން ޖެހޭ ތަމްރީނުތައް ދެ އަހަރުގެ މުއްދަތުގެ ތެރޭގައި ފުރިހަމަ ކުރަން ޖެހޭކަމަށެވެ.

އަސްލަމް ވިދާޅުވީ ދެ އަހަރުގެ މުއްދަތެއްގެ ތެރޭގައި އެ ތަމްރީނުތައް ހަދާ ނިންމިދާނެކަމަށް ނުބެލެވޭކަމަށާއި އެހެންކަމުން އެ މުއްދަތު އިތުރު ކުރަން ހުށަހަޅާކަމަށެވެ. އޭނާ ވަނީ އިތުރު އެއް އަހަރުގެ މުއްދަތެއް ކަނޑައަޅާ ތަހްގީގުތައް ފުރިހަމަ ކުރަން ޖެހެނީ 27 މާޗް 2024 ގެ ކުރިންކަމަށް ކަނޑައެޅުމަށް ހުށަހަޅާފައެވެ.

މި ލިއުމާއި ގުޅޭ