ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ން ކެނޑިޑޭޓަކު ހަމަ ޖައްސައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނަށް އެމްއެންޕީގެ ކެނޑިޑޭޓަކަށް ހަމަޖައްސައިފައިވަނީ އަލީ އާރިފެވެ.
ގުރައިދޫ ދާއިރާގެ ޓިކެޓް އާރިފްއަށް ލިބުނީ ބައި އިލެކްޝަންގައި ވާދަކުރަން އެމްއެންޕީން ހުޅުވައިލި މުއްދަތު އިއްޔެ ހަމަވި އިރު، އެކަމަށް ކުރިމަތިލާފައިވަނީ އާރފް އެކަނިކަމަށްވާތީއެވެ. އޭނާއަކީ ގުރައިދޫގައި ޓީޗަރެއްގެ ވޒީފާ އަދާކުރަމުން އަންނަ މީހެކެވެ.
އިލެކްޝަން ކޮމިޝަނުން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އަންނަ އޭޕްރީލް މަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައި އެކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އެމްއެންޕީން އެ އިންތިހާބަށް ކެނޑިޑޭޓަކު ހަމަޖައްސާފައިވާއިރު އިދިކޮޅު ޕީޕީއެމްއާއި ވެރިކަން ކުރާ އެމްޑީޕީން ވަނީ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަނުގެ ޕްރައިމަރީއަށް ހުޅުވާލާފައެވެ.