Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ވ.ފެލިދޫ

އަންބަރާ މައްސަލަ އަލުން ބަލައި ދިނުމަށް އެދިއްޖެ

އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވ. އަންބަރާ މައްސަލާގައި ނިންމި ނިންމުމާ މެދު ވ. ފެލިދެއަތޮޅު ކައުންސިލްގެ ރައީސް، ޝުޖާއު އަލީ ކަންބޮޑުވުން ފާޅުކުރައްވާ އެ މައްސަލަ އަލުން ބަލައިދިނުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ރައީސް އޮފީހަށް ހުށަހަޅައިފިއެވެ.

ވ. އަންބަރާގައި އެންވަޔަރަމަންޓް އިމްޕެކްޓް އެސެސްމެންޓު ރިޕޯޓުގައި އަމަލުކުރަން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް މަސައްކަތްކޮށްފައި ހުރި ނަމަވެސް އެކަމަށް ރިސޯޓު ހަދާ ފަރާތުން ޒިންމާވާންނުޖެހޭނެކަމަށް އެންވަޔަރަމެންޓް ޕްރޮޓެކްޝަން އެޖެންސީން ވަނީ ކަނޑަ އަޅައިފައެވެ.

އެމައްސަލަ އާ ގުޅިގެން ފެލިދެއަތޮޅު ކައުންސިލްގެ ރައީސް ޝުޖާ ވިދާޅުވީ މި މައްސަލަ އަލުން ބަލައި ދިނުމަށް އެދި އެންވަޔަރަމަންޓް މިނިސްޓްރީ، ރައީސް އޮފީހުގެ އިތުރުން ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ބަލައި ދިނުމަށް އެދި ހުށަހަޅާފައި ވަނީ މި މައްސަލަ އެންވަޔަރަމަންޓް ޕްރޮޓެކްޝަން އެޖެންސީ އިން ބަލާފައި ވަނީ ދިވެހިރާއްޖޭގެ ތިމާވެށީގެ ގާނޫނާ އަދި ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް ފުރިހަމައަށް ރިޔާއަޔަތް ނުކޮށް ކަމަށް ވާތީއެވެ.

އަންބަރާގައި ގުދުރަތީ ގޮތުން އުފެދިފައިވާ ކުޅި އަދި ކަނޑޫފާ ޗަސްބިން ހިމެނޭހެން އެ ރިސޯޓް ތަރައްގީ ކުރަމުންދާ "ހަނދުވަރު އޯޝަން ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑް" އިން ފަސްއަޅާ ފޮރުވާލާފައިވާތީ އެ ކަމާ ވ އަތޮޅުގެ ރައްޔިތުން ކަންބޮޑުވާކަން ފާހަގަކޮށް ޝުޖާވަނީ މި މައްސަލަ ދިވެހިރާއްޖޭގެ ތިމާވެށީގެ ގާނޫނާ އަދި ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ގާނޫނުތަކަށް ފުރިހަމައަށް ރިޔާއަޔަތް ކޮށްގެން އަލުން ބެލުމަށް އެދިފައެވެ.

ޝުޖާ ހުށަހެޅި މި މައްސަލައާއެކު އަތޮޅު ކައުންސިލުން ސާފުކުރަން ބޭނުންވާ 6 ކަމެއް ވަނީ ހިމަނައިފައެވެ. އޭގެ ތެރޭގައި އަންބަރާގެ ވެއްޓަށް ލިބުނު ގެއްލުންތަކުގެ ނުހޯދަން އީޕީއޭއިން ނިންމެވީ ކޮން އުސޫލެއްގެ ދަށުންތޯ އަހާފައިވެއެވެ. އަދި މި މައްސަލައިގައި ގާނޫނު ކަނޑައަޅާ އަދަބު ނުދެނީ ކީއްވެތޯ އާއި އެރަށަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަކީ ދައުލަތުގެ ޒިންމާއެއް ނޫންތޯ ވެސް ސާފުރަން ބޭނުންވާ ކަމަށް ފެލިދެއަތޮޅު ކައުންސިލްގެ ރައީސް ޝުޖާ ގެ ސިޓީގައި ފާހަގަ ކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ