Sunday 24th Sep 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ވިލި މާލޭގަ ރޯދަ މަހު ބަގީގެ ޚިދުމަތް ހިލޭ

ވިލިމާލޭގައި ބަގީގެ ހިދުމަތް މި މަހު 16 ގައި ފަށާ އިރު، ކުރިއަށް އޮތް ރަމަޟާން މަހު އެޚިދުމަތް ހިލޭ ދޭން ނިންމާފައިވާ ކަމަށް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ ހިދުމަތް ދިނުމަށް ބޭނުންވާ ބަގީތައް މިދިޔަ ބުރާސްފަތި ދުވަހު މާލެ ގެނެސްފައިވާ ކަމަށާއި، ޚިދުމަތް ދިނުމަށް ސިޓީ ކައުންސިލުން 10 ބަގީ ގެނެސްފައިވާ ކަމަށެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި، އަންނަ ރޯދަ މަހު އެއްކޮށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ އެވެ. އެއީ ޕްރައިވެޓް ހަޔާ ފިޔަވަ އެވެ.
"ބަގީ ރޫޓުގައި ކުރާ ދަތުރުތައް ފިތުރު އީދު ނިމެންދެން އޮންނާނީ ހިލޭ،"
މޭޔަރ މުއިއްޒު

ވިލިމާލޭގައި ކުރާ ބަގީ ދަތުރުތަކަށް 2ރ. ނަގަން ނިންމައިފައިވާއިރު، ބަގީ، ޕްރައިވެޓް ހަޔާގެ ގޮތުގައި ނަގާ ނަމަ އަގު ތަފާތު ވާނެ އެވެ. އެ އަގުތަކަކީ؛

  • • 4 ސީޓްގެ ބަގީއަކަށް 6ރ.
  • • 6 ސީޓްގެ ބަގީއަކަށް 10ރ.
  • • 12 ސީޓްގެ ބަގީއަކަށް 15ރ.

މީގެ އިތުރުން ސިޓީ ކައުންސިލުން ބުނީ، އުމުރުން ހަ އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރަޖިސްޓަރީ ވެފައިވާ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ސްކޫލް ޔުނިފޯމުގައި ތިބޭ ދަރިވަރުންނަށް ބަގީގައި ހިލޭ ދަތުރުކުރެވޭނެ ކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ދިނުމަށް ގެނައި ބަގީތަކުގެ ތެރޭގައި އެކި ކަހަލަ މުދާ، ލަގެޖް އަދި ފޮށިގަނޑުފަދަ ތަކެތި އުފުލޭ ގޮތަށް ހަދާފައިވާ ދެ ބަގީ އާއި ކުއްލި ހާލަތްތަކުގައި ބަލި މީހުންނަށް ދަތުރުކުރެވޭނެ ގޮތަށް ހަދާފައިވާ އެއް ބަގީ ވެސް ހިމެނޭނެ ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން ބަގީގެ ޚިދުމަށް ފެށުމަށް ނިންމާފައި ވަނިކޮށް ސަރުކާރުން ވަނީ ބަހުގެ ޚިދުމަށް ދިނުމަށް ފަށައިފައެވެ. ބަހުގެ ޚިދުމަށް ދިނުމަށް އެމްޓީސީސީ ހަވާލުކޮށްފައިވާއިރު، އެކުންފުނިން ބަހުގެ ޚިދުމަތް ވިލިމާލެ އަށް ދެމުން ގެންދަނީ ފަސް ރުފިޔާ އަށެވެ.

މި ލިއުމާއި ގުޅޭ