ފާއިތުވި ދެއަހަރު ތެރޭ 18 އަހަރު ނުފުރޭ ކުއްޖަކު ގެއްލިގެން 11 ފަހަރު ރިޕޯޓުކުރި ކަމަށް ފުލުހުން ބުނެފި އެވެ.
އެ 31 ކުދިން އެކި ފަހަރުމަތިން ގެއްލިގެން 63 ފަހަރު ހޯދައި، އާއިލާއާ ހަވާލުކޮށްފައިވާ ކަމަށް ސީޕީ ވިދާޅުވި އެވެ.
"މީހުން ގެއްލިގެން 2021 2022 އަށް ބެލިޔަސް، ހާއްސަކޮށް ކުޑަކުދިންނަށް ބެލިޔަސް އެބަވޭ 31 ކުއްޖެއް 63 ފަހަރު ގެއްލިގެން ހޯދާފަ އާއިލާއާ ހަވާލުކޮށްފަ. އެއީ 18 އަހަރުން ދަށުގެ ކުދިން. އޭގެ ބައެއް ކުދިންނަކީ ތަކުރާރުކޮށް ގެއިން ނުކުމެގެން ގޮސް ވީނުވީއެއް ނޭނގިގެން ރިޕޯޓުކޮށްފައިވާ ކުދިން،" ސީޕީ ވިދާޅުވި އެވެ.
އޭގެ ތެރެއިން ބައެއް ކުދިން ގެއްލިގެން ވަރަށް ގިނަ ފަހަރު ރިޕޯޓުކޮށްފައިވާކަން ފާހަގަކުރައްވައި ސީޕީ ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި އެއް ކުއްޖަކު ގެއްލިގެން 11 ފަހަރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.