Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ސިޔާސީ މަޤާމު

އެމްޑީޕީ އެކްޓިވިސްޓު ނިރާޝާއަށް ހެލްތު މިނިސްޓްރީން ސިޔާސީ މަޤާމެއް ދީފި

އެމްޑީޕީގެ އެކްޓިވިސްޓެއްކަމަށްވާ ޅ.ހިންނަވަރު ނަބީޒުގެ އައިޝަތު ނިރާޝާ ހެލްތު މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުގެ މަޤާމަށް އައްޔަންކޮށްފިއެވެ.

ނިރާޝާ އަކީ އެމްޑީޕީގެ ހަރަކާތްތަކުގައި ވަރަށް ގިނައިން އުޅޭ ފަރާތެކެވެ. އަދި ޓުވިޓަރގައިވެސް ވަރަށް ހަރަކާތްތެރި މީހެކެވެ. ނިރާޝާ މި މަޤާމަށް އައްޔަން ކުރި ކަމުގެ ލިޔުން ދީފައިވަނީ ފާއިތުވި ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުގައެވެ.

މިނިސްޓްރީ ތަކުގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރުންގެ ގޮތުގައި ތިބޭ ފަރާތްތަކަށް މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި މަހެއްގެ މައްޗަށް 25،000 ރުފިޔާ ލިބެއެވެ.

ނިރާޝާއަށް ސިޔާސީ މަޤާމެއް ދީފައިވާއިރު، ސަރުކާރުގެ އިދާރާތަކުގައި އާ ވަޒީފާތައް ނު އުފެއްދުމަށް އަންގައި ސަރުކާރުން ފެބްރުއަރީ މަހުގެ ފުރަތަމަ ހަފްތާ ތެރޭގައި ސާކިއުލާއެއް ނެރުނެވެ.

އެ ސާކިއުލާ ނެރުނު ނަމަވެސް ސަރުކާރުގެ އެކި ވުޒާރާތަކަށް ދަނީ ސިޔާސީ މުވައްޒަފުން އައްޔަން ކުރަމުންނެވެ. މިގޮތުން ދާދިފަހުން ޓްރާންސްޕޯޓު މިނިސްޓްރީއަށްވެސް ވަނީ 2 ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުން އައްޔަންކޮށްފައެވެ.

މި ލިއުމާއި ގުޅޭ