Sunday 3rd Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ރެޑްވޭވް

ރެޑް ވޭވްގެ އިތުރު ފިހާރައެއް މާލޭގައި ހުޅުވައިފި

ގްރޭޓަރ މާލެ އޭރިއާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ހިންގަމުން އަންނަ ރެޑް ވޭވް އިން މާލޭގައި އިތުރު ފިހާރައެއް ހުޅުވައިފިއެވެ.

އެކުންފުނިން މިފަހަރު މަޖީދީ މަގުގަ ހުންނަ "ރެޑް ވޭވް މޯލް" ކައިރީގައި، ހުޅުވި ފިހާރަ އަށް ދީފައިވާ ނަމަކީ "ރެޑް ވޭވް ސެންޓްރަލް" އެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރެޑް ވޭވް ކުންފުނީގެ ޗެއާމަން އަހްމަދު ސަލީމް ވަނީ އަގަށް ބަލައިގެން ވިޔަފާރި ކުރުމަށް ރައްޔިތުންގެ ގާތުން އެދިފައެވެ.

އެގޮތުން ދާދިފަހުން ޖީއެސްޓީ ބޮޑު ވުމާއި ގުޅިގެން ތަކެތީގެ އަގު އުފުލިފައިވީނަމަވެސް ރެޑް ވޭވްގެ އެއް ވެސް ފިހާރަ އަކުން އެކަމުގެ އަސަރެއް ނުފެންނާނެ ކަމަށެވެ. އެހާވެސް އެތަނުން ވިއްކާ ތަކެތީގެ އަގު އެހެން ފިހާރަތަކާއި އަޅާބަލައި އަގު ހެޔޮވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ކުރިއަށް އޮތް ރަމަޟާން މަހުގައި ރެޑް ވޭވް އިން ވިއްކާ ތަކެތީގެ އަގު ހެކުރައްވާނެ ކަން އިއުލާނު ކުރައްވައި ޗެއާމަން ސަލީމް ވިދާޅުވީ ހުރިހާ މުދަލެއް ވެސް އާންމުންނަށް އަތްފޯރާ ފަށުގައި ލިބޭނެ ގޮތް ރެޑް ވޭވް އިން ތަނަވަސް ކޮށްދޭނެ ކަމަށެވެ.

ރޯދަމަހުގައި ތަކެތީގެ އަގު އުފުލިގެން ދިޔަ ނަމަވެސް ރެޑް ވޭވް އިން ވިއްކާ ތަކެތީގެ އަގު ނުއުފުލޭތީ އަގުު ބޮޑު ކޮށް ވިއްކާ ވިޔަފާރިތަކުގެ ވިޔަފާރި ދަށްވާތީ އެފަރާތްތަކުގެ ހިތްހަމަ ނުޖެހުން އޮންނަ ކަމަށެވެ. ނަމަވެސް ރެޑް ވޭވް އަކީ ކަސްޓަމަރުންގެ އިހްސާސްތައް ދަންނަ ކުންފުންޏެއް ކަން ސަލީމް ވަނީ ފާހަގަ ކުރައްވައިފައެވެ.

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނަށް ހެޔޮ އަގުގައި މުދާ ލިބޭނެ ގޮތް ހެދުމަށްޓަކައި ރެޑް ވޭވްގެ ފިހާރައެއް ހުޅުވުމަށް ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް އެކަން އަދި މިހާތަނަށް ކާމިޔާބު ވެފައި ނުވާކަން ޗެއާމަން ވަނީ ފާހަގަ ކުރައްވައިފައެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި މެގަ މޯލް އަށް ވުރެ ރަނގަޅު ތަނެއް ހެދުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ސަލީމް ވިދާޅުވިއެވެ.

ރެޑް ވޭވް ކުންފުނީގެ 15 ފިހާރަ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުން ގެދެއެވެ.

މި ލިއުމާއި ގުޅޭ