Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުތަައް

ކެމެރޫންގެ ނޫސްވެރިއެއް މަރާލި މައްސަލައިގާ ހައްޔަރު ކުރި ވިޔަފާރިވެރިޔާގެ މައްޗަށް އަނިޔާކުރުމުގެ ދައުވާއެއް

މި އަހަރުގެ ޖަނަވަރީ 17 ގައި މަރާލި ކެމެރޫންގެ ފާހަގަކޮށްލެވޭ ނޫސްވެރިޔާ މާރޓިނޭޒް ޒޯގޯގެ މަރުގެ މައްސަލައިގާ ހައްޔަރު ކުރި ވިޔަފާރިވެރިޔާގެ މައްޗަށް އަނިޔާކުރުމުގެ ދައުވާ އުފުލައިފިއެވެ.

މިދިޔަ މަހުގައި ޒޯގޯގެ މަރުގެ މައްސަލައިގާ ހައްޔަރުކުރި ޖީން ޕިއޭރް އަމޫގޫ ބެލިންގާގެ މައްޗަށް މި ދައުވާ އުފުވާލައިވަނީ ކެމެރޫންގެ ވެރިރަށް ޔައޮއުންދޭގައި ހުރި ކޮންޑެންގުއީ ޖަލައް، ޑިޓެޝަން ސެންޓަރަކުން ބަދަލުކުރިފަހުންކަމަށް، އޭނާގެ ވިޔަފާރި، ގްރޫޕް ލެ'އެނެކްޑޯޓްގެ ތަރުޖަމާނެއް ބުންޏެވެ.
ނަމަވެސް، ބެލިންގާގެ ތަރުޖަމާނަށް ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނާގޮތުގައި، ޒޯގޯގެ މަރުގެ މައްސަލައާއި ގުޅިގެން ކުރިން ހައްޔަރު ކުރި މީހުން މިހާރު މިނަވަން ކޮށްފިކަމެވެ.

ޖަނަވަރީ 22 ގައި ޒޯގޯގެ މަރާލާފައި އޮތް ހަށިގަނޑު ފެނުނީ، އޭނާއަށް ހަމަލާދެމުން އައި މީހުން ފިލަންގޮސް ފުލުސް ސްޓޭޝަނުގެ ރައްކާތެރިކަމަށް ވަދެވުމުގެ ކުރިން އޭނާ ކިޑްނެޕްކޮށްގެން ގެންދިޔަ ދުވަހުގެ 5 ދުވަސް ފަހުންނެވެ.

ޒޯގޯ ކެމެރޫންގައި ފާހަގަކޮށްލެވޭ، ބިރުކުޑަ ނޫސްވެރިއެއް ގޮތުގައި މިނިވަން މަޖައްލާތަކުންނާއި ރައްޔިތުން ދެކެމުން އައި ސަބަބަކީ، ދައުލަތާއި އަދި ގައުމުގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތަކަށް ފުޅާކޮށް އަލި އަޅުވާލާ، އެކަންކަމާއި ދެކޮޅަށް އޭނާ ކުރަމުން އައި މަސައްކަތުގެ ސަބަބުންނެވެ. ޒޯގޯއަށް ހަމަލާ ދިން ދުވަހުގެ ދުވަސްކޮޅެއް ކުރިން، އޭނާ ހިންގަމުން އައި ނޫސް ޗެނަލްގައި، ދައުލަތުގެ ނުފޫޒް އޮންނަ މީޑިއާއެއް އެކުލެވޭ ފައިސާ ވަގަށް ނެގުމުގެ މައްސަލައެއް ހާމަކޮށް، އެކަމާއި ގުޅޭގޮތުން ރިޕޯޓްކުރަމުން އައިކަން ފާހަގަކުރެވެއެވެ. އެ މައްސަލައިގާ ހިމެނޭ ދައުލަތުގެ ނުފޫޒް އޮންނަ މީޑިއާ ޗެނަލްގެ ވެރިއަކީ، ޒޯގޯގެ މަރުގެ މައްސަލައިގާ ހައްޔަރުކޮށް، މިހާރު އަނިޔާކުރުމުގެ ދައުވާ އުފުލާފައިވާ ބެލިންގާއެވެ.

މި ލިއުމާއި ގުޅޭ