Saturday 10th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޖީ އޮފީސް

ޕީޖީ މުވައްޒަފުން ރަމަޟާން މަހު ހަފުތާއަކު އެއްދުވަހު ގޭގަ ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖައްސައިފި

މިއަހަރުގެ ބަރަކާތްތެރި ރަމަޟާން މަހުގެ ކޮންމެ ހަފުތާއެއްގެ އެއް ދުވަހު ގޭގައި ތިބެ މަސައްކަތް ކުރާ ގޮތަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީސް (ޕީޖީ) އިން ހަމަޖައްސައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ހަފުތާގެ އާދިއްތަ ނުވަތަ ބުރާސްފަތި ދުވަހު މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށެވެ. އެހެންވެ، ރޯދަ މަހު މުވައްޒަފުން އޮފީހަށް ނިކުމެގެން މަސައްކަތް ކުރަން ޖެހޭނީ ހަފުތާއަކު ހަތަރު ދުވަހު ކަމަށެވެ.

ޕީޖީ އޮފީހުން ބުނީ ހަފްތާއަކު އެއް ދުވަހު ގޭގައި ތިބެގެން މަސައްކަތް ކުރާ ގޮތަށް ހަމަޖެއްސި ނަމަވެސް އޮފީސް ބަންދެއް ނުވާނެ ކަމަށާއި، ވަކި އުސޫލެއްގެ ދަށުން ކަނޑައެޅޭ ވަކި ބަޔަކު އޮފީހަށް ނިކުންނަން ޖެހޭ ކަމަށެވެ.

200 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ޕީޖީ އޮފީހުން މިގޮތަށް ނިންމި އިރު، މިއީ ރޯދަ މަހުގެ ވަކި ދުވަހެއްގައި ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތަށް ދައުލަތުގެ އިދާރާއަކުން ހަމަޖެއްސި ފުރަތަމަ ފަހަރުކަން ފާހަގަ ކޮށްލެވެއެވެ.

ސަރުކާރު މުވައްޒަފުން ރަމަޟާން މަހު މަސައްކަތް ކުރަން ޖެހެނީ ހެނދުނު 9:00 އިން މެންދުރު ފަހު 1:00 އަށެވެ. ކަލަންޑަރުގައިވާ ގޮތުން މިއަހަރުގެ ރަމަޟާން މަސް ފެށޭނީ މި މަހުގެ 23 ވަނަ ދުވަހު އެވެ.

މި ލިއުމާއި ގުޅޭ