Tuesday 19th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަން 136 މުވައްޒަފުން ނަގަނީ

ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބެލެހެއްޓުމަށް ޓަކައި 136 މުވައްޒަފުން ނަގަން އެޗްޑީސީ މިއަދު އިއުލާންކޮށްފި އެވެ.

މީގެ ކުރިން ހިޔާ ފްލެޓްތަކުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދިޔައީ އަމިއްލަ ކުންފުންޏެއް ކަމަށްވާ ވަށި ޕްރައިވެޓް ލިމިޓެޑާއެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެއް އަހަރުގެ މުއްދަތަށް ހެދި އެއްބަސްވުން ހަމަވެފައިވާތީ އެއްބަސްވުން އައު ކުރުމުގެ ބަދަލުގައި އެޗްޑީސީން ނިންމީ އިތުރު މުވައްޒަފުން ނަގައި އަމިއްލަ އަށް ސެކިއުރިޓީ ބެލެހެއްޓުމަށެވެ.

އެގޮތުން އެޗްޑީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ހިޔާ ސަރަހައްދު ސާފުކޮށް ބޭއްވުމަށާއި ސެކިއުރިޓީގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން، ސެކިއުރިޓީ އެސިސްޓަންޓުންނާއި ސަޕޯޓް ސްޓާފުން ނަގަން ނިންމާފައިވާ ކަމަށެވެ.

އެމަސައްކަތަށް ބޭނުންވާ މުވައްޒަފުން ނެގުމަށް ނިންމާފައިވަނީ އެކުންފުނިން ބާއްވާ އޯޕަން ޑޭގައި ކަމަށް އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ

އެޗްޑީސީގެ އޯފަން ދޭ ބާއްވަން ނިންމާފައިވަނީ މި މަހު 10ގައި ފޭސް2 ކާމިލް ދިދީ ސްކޫލްގައި އެދުވަހުގެ ހަވީރު 4:00 އިން އިރުއޮއްސި 6:00 އަށެވެ.

"އޯޕަން ޑޭގައި ބައިވެރިވެ ވަޒީފާގެ ފުރުސަތަށް އެދި ހުށަހަޅަން ބޭނުންވާ ކޮންމެ ބޭފުޅަކު ވެސް އައިޑީ ކާޑްގެ ކޮޕީ، ތައުލީމީ ސެޓިފިކެޓް އަދި ސީވީ ހިފައިގެން ވަޑައިގެން އިންޓަވިއުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ،" އެޗްޑީސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ އެކުންފުނީގެ އަމާޒަކީ ހިޔާ ސަރަހައްދަކީ ހިތްފަސޭހަ އަދި ރައްކާތެރި މާހައުލަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކޮށް އަދި މި މަސައްކަތުގައި ހިޔާ ސަރަހައްދުގައި ދިރިއުޅުއްވާ ފަރާތްތަކުގެ ބައިވެރިވުމާއި ޚިޔާލު ހިމެނުމެވެ.

ވަށި ކުންފުންޏާ އެކު އެޗްޑީސީން ހެދި އެއްބަސްވުން މިދިޔަ ޖެނުއަރީއަށް ވަނީ ހަމަވެފައިވީ ނަމަވެސް ހިޔާ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގެ މަސައްކަތް އެޗްޑީސީން އަމިއްލައަށް ކުރެވެންދެން، ކުރު މުއްދަތަކަށް ވަގުތީ އެއްބަސްވުމެއް ވަނީ ހަދައިފަ އެވެ.

މި ލިއުމާއި ގުޅޭ