Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޕީޕީއެމް

ޕީޕީއެމްގެ ލީޑާޝިޕްގެ ބޭފުޅުން ގުރައިދޫ ދާއިރާގައި!

ކ. ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އަވަހާރަވުމުން އެ ދާއިރާގެ ރައްޔިތުންގެ ހިތާމާގައި ބައިވެރިވުމަށް ޕީޕީއެމްގެ ލީޑާޝިޕް ހިމެނޭހެން އެ ޕާޓީގެ އިސް ބޭފުޅުންގެ ޓީމެއް އެ ފާއިރާއަށް ވަޑައިގެންފިއެވެ.

އިދިކޮޅު ކޯލިޝަންގެ ޕީއެންސީގެ ޕީޖީ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ޕީޕީއެމްގެ އިސްބޭފުޅުން ޓީމެއް ގުރައިދޫ ދާއިރާގެ ރަށްތަކަށް ވަޑައިގަތީ އެ ދާއިރާގެ މެންބަރުކަން ފާއިތުވި 14 އަހަރު ފުރުއްވަމުން ގެންދެވި ރިޒާ އަވަހާރަވުމުން އެ ހިތާމައިގައި ބައިވެރިވުމަށް ކަމަށެވެ.

އާދަމް ޝަރީފް ހާމަކުރެއްވި ގޮތުގައި އެ ދަތުރުފުޅުގައި އެ ދާއިރާގައި ހިމެނޭ ގުރައިދޫ މާފުށި އަދި ގުޅިއަށްވެސް އެ ޓީމުން ޒިޔާރާތްކުރާނެއެވެ.

އާދަމް ޝަރީފްގެ އިތުރުން އެ ދަތުރުފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވެސް ބައިވެރިވަޑައިގެންފައިވެއެވެ.

ރިޒާއަކީ 2009 ވަނަ އަހަރުން ފެށިގެން ގުރައިދޫ ދާއިރާގެ މަޖިލިސް މެންބަރުކަން ކުރައްވަމުންގެންދަވާ ބޭފުޅެކެވެެ. ޤާނޫނީ ވަކީލުކަން ކުރައްވާ ރިޒާއަކީ ރައީސް ޢަބްދުﷲ ޔާމީނުގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަނުގެ މެންބަރުކަމަށް ހޮވާފައި ހުންނެވި ބޭފުޅާއެވެ. އޭނާ އެ މަޤާމުން ވަކިކުރީ ވެރިކަން ބަދަލުވުމަށްފަހު 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުގައެވެ.
ރިޒާ އަވަހާރަވީ ކެންސަރުގެ އާލާސްކަންފުޅަށް މެލޭޝިޔާގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށެވެ.
ރިޒާއަކީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގެ ތެރެއިން ޖުޑީޝަރީ ކޮމިޓީއާއި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މެންބަރެކެވެ. އާލާސްކަންފުޅުގެ ސަބަބުން މަޖިލީހަށް ވަޑައިނުގެންނެވޭތާ ގިނަ ދުވަސްތަކެއް ވެފައިވެއެވެ.
މި ލިއުމާއި ގުޅޭ