Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޗައިނާ

މިއަހަރަށް ޗައިނާގެ އިޤުތިޞާދީ ކުރިއެރުމުގެ އަމާޒަކީ "ގާތްގަނޑަކަށް %5"ކަމަށް ކަނޑައަޅައިފި

ކޮންޒިއުމަރުންގެ މައްޗަށް ބިނާވެފައިވާ އިޤުތިޞާދީ ރޭވުމެއްގެ ދަށުން މިހާރު ދަތިތަކެއް ކުރިމަތިވެފައިވާ ޗައިނާގެ އިޤުތިޞާދު ކޮޅަށްޖެހުމުގެ މަސައްކަތް ފެށުމުގެ ޕްލޭން ޗައިނާގެ ބަރުލަމާނުގެ ބައްދަލުވުމެއްގައި އެ ޤައުމުގެ ސަރުކާރުން ހާމަކޮށްފިއެވެ.

ޗައިނާގެ އިޤުތިޞާދާއި ވިޔަފާރިއާ ބެހޭ އެންމެ އިސް މަސްއޫލުވެރިޔާ ލީ ކެކިއަންގް ހާމަކުރެއްވި ގޮތުގައި މި އަހަރަށް ޗައިނާއިން ކަނޑައަޅާފައިވާ އިޤުތިޞާދީ އަމާޒަކީ ގާތްގަނޑަކަށް %5ގެ ކުރިއެރުމެއް ހާސިލުކުރުމެވެ. ކޮވިޑާ ގުޅިގެން ޗައިނާއިން އެޅި ފިޔަވަޅުތަކާއެކު އެ ޤައުމުގެ އިޤުތިޞާދީ ކުރިއެރުން ފާއިތުވި އަހަރު %3 އަށް ދަށްވިއެވެ. އެއީ 1970 ގެ ފަހުން އެ ޤައުމުގެ އިޤުތިޞާދީ ކުރިއެރުން ވެއްޓުނު އެންމެ ދަށެވެ.

ބެއިޖިންގައި ހުންނަ ބަރުލަމާނުގެ މަރުކަޒުކަމަށް ގްރޭޓް ހޯލް އޮފް ދަ ޕީޕަލްގައި އެ ޤައުމުގެ ނޭޝަނަލް ޕީޕަލްސް ކޮންގުރެސްއާ މުޚާތަބުކުރައްވައި ދެއްވި ތަޤުރީރެއްގައި ލީ ވިދާޅުވީ ޗައިނާއިން ކުރިއަށް އޮތް އަހަރު އިސްކަންދޭންވީ އިޤުތިޞާދު ކޮޅަށްޖަހައި ކޮންޒިއުމަރުން ޚަރަދުކުރާ މިންވަރު ފުޅާކުރުމަަށް ކަމަށެވެ.

2,977 މެންބަރުންގެ މައްޗަށް އެކުލެވޭ ނޭޝަނަލް ޕީޕަލްސް ކޮންގުރެސް (އެންސީޕީ)ގެ ބައްދަލުވުމަކީ އަހަރުގެ އެންމެ ބޮޑު އެއް ހަރަކާތް ކަމުގައިވީ ނަމަވެސް އެ ބަރުމާނުގެ ހަމައެކަނި ސަރުކާރުގެ ނިންމުންތައް އެންޑޯޒްކުރުމާއި، އަލަށް ފަށާ މަސައްކަތްތައް ކިޔައިދިނުމެވެ.

މި މަހުގައި އެންސީޕީން ޗައިނާގެ ރައީސް ޝީއަށް ވަފާތެރި އިތުުރު މަސްއޫލުވެރިންތަކަކަށް މަޤާމުތައް ހަމަޖައްސާނެއެވެ. އެގޮތުން މުޅިން އައު ޕްރިމިއާއެއް ހަމަޖައްސަން އޮތީ ތާވަލުކޮށްފައެވެ.

ޝީގެ އައު ޓީމަށް ގިނަ އަދަދެއްގެ ބޮޑެތި ގޮންޖެހުންތައް ކުރިމަތިވާނެއެވެ. އެގޮތުން އެމެރިކާއިން އުފުލާފައިވާ ޓެރިފުތަކާއި، ޓެކްނޮލޮޖީގެ މައްސަލާގައި ދެ ޤައުމުގެ މެދުގައި އޮތް ނުތަނަވަސްކަމާއި، ހުޅަނގުގެ ޤައުމުތަކުން އުފައްދާ ޕްރޮސެސާ ޗިޕުތައް ޗައިނާއަށް ނުލިބުމާއި، ބައިނަލްއަޤުވާމީ ޑިމާންޑު ދަށްވުން ހިމެނެއެވެ.

އޭގެ އިތުރަށް އެންސީޕީގެ ބައްދަލުވުމުގައި ޗައިނާގެ ފިނޭންސް މިނިސްޓްރީންވަނީ މި އަހަރަށް އެ ޤައުމުގެ އަސްކަރިއްޔާގެ ބަޖެޓު 7.2 އިންސައްތައިން އިތުރުކޮށް 224 ބިލިއަން ޑޮލަރުގެ ބަޖެޓެއް ކަނޑައަޅަން ނިންމާފައިވާކަން އިއުލާނުކޮށްފައެވެ. މިއީ ޗައިނާގެ އަސްކަރިއްޔާގެ ބަޖެޓު ޖެހިޖެހިގެން ބޮޑުކުރާ 29 ވަނަ އަހަރެވެ.

ލީ އިއްވެވި ރިޕޯޓުގައި ކޮންޒިއުމަރުން ހޭދަކުރާ މިންވަރު އިތުރުކުރުމަށް ގޭބީސީތަކުގެ އާމްދަނީ އިތުރުކުރުމަށް ގޮވައިލެއްވިއެވެ. ނަމަވެސް އެކަން ހާސިލުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުތަކުގެ ތަފުސީލު އޭނާ ހާމަނުކުރައްވައެވެ.

ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާގައި ޗައިނާގެ ވިލުންތެރިކަން އިތުރުކޮށް އެހެން ޤައުމުތަކުގެ މައްޗަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ލީ ގޮވައިލެއްވިއެވެ. އެ ދާއިރާއިން ކުރިއެރުން ހޯދުމަށް ޗައިނާއިން ކުރަމުން އަންނަ މަސައްކަތްތަކާ ގުޅިގެން ހުޅަނގުގެ ނުރުހުން އެ ޤައުމަށް އަންނަނީ އަމާޒުވަމުންނެވެ.

މި ލިއުމާއި ގުޅޭ