Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ކުޅިވަރު

ސްޓަޓްގާޓް ބަލިކޮށް ބަޔާން މިއުނިކް އަލުން އެއްވަނަ އަށް

ޖަރުމަނު ބުންޑަސްލީގާގައި ރޭ ރަށުން ބޭރުގައި ސްޓަޓްގާޓް 2-1 އިން ބަލިކޮށް ބަޔާން މިއުނިކް ލީގު ތާވަލުގެ އެއްވަނަ އަށް އަލުން އަރައިފި އެވެ.

ރޭގެ މެޗަށް ނުކުތްއިރު އެއްވަނައިގައި އޮތީ ހުކުރު ދުވަހުގެ ރޭ އާރުބީ ލައިޕްޒިގް ބަލިކުރި ބޮރޫޝިއާ ޑޯޓްމަންޑެވެ. މޮޅާ އެކު ބަޔާނަށް އެއްވަނަ ލިބުނީ ޑޯޓްމަންޑަށް ވުރެ ފައިދާ ގޯލުގެ ތަފާތުންނެވެ. 23 މެޗުން މި ދެޓީމަށް ވެސް ލިބިފައިވަނީ 49 ޕޮއިންޓެވެ.

ލީގުގައި ރަނގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ޔޫނިއަން ބާލިން ރޭ އަމިއްލަ ދަނޑުގައި އެފްސީ ކޮލޯންއާ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އެއްވަރުވުމުން ބަޔާން އާއި ޑޯޓްމަންޑާ ގާތަށް ޖެހިލަން ލިބުނު ފުރުސަތު އެޓީމަށް ވަނީ ގެއްލިފަ އެވެ.

ރޭގެ މެޗުގައި ބަޔާންގެ ފުރަތަމަ ގޯލު 39 ވަނަ މިނެޓުގައި ޖެހީ މަތިއަސް ޑި ލިޓް އެވެ. ދެވަނަ ގޯލު 62 ވަނަ މިނޓުގައި ޖެހީ ޗުޕޯ މޯޓިން އެވެ. މިއީ ޖަމާލް މުސިއާލާ އާއި ތޯމަސް މުލާގެ އެހީގައި އޭނާ ޖެހި ގޯލެވެ.

ސްޓަޓްގާޓްގެ ހަމައެކަނި ގޯލު މެޗު ނިމެން ދެ މިނެޓަށް ވެފައިވަނިކޮށް ކާމިޔާބުކޮށްދިނީ ހުއާން ހޯސޭ ޕެރިއާ އެވެ.

ބަޔާން އަތުން ބަލިވެ ސްޓަޓްގާޓް އޮތީ 19 ޕޮއިންޓާ އެކު ލީގުގެ 15 ވަނައިގަ އެވެ. މި ސީޒަނުގައި އެޓީމުން މަސައްކަތްކުރަމުން އަންނަނީ ރެލިގޭޝަނުން ސަލާމަތްވާށެވެ.

ޖަރުމަނު ލީގުގައި ރޭ މެއިންޒް ވަނީ އަމިއްލަ ދަނޑުގައި ހޮފެންހެއިމް 0-1 އިން ބަލިކޮށްފަ އެވެ. ބޮރޫޝިއާ މޮންޗެންގްލަދްބާ އަމިއްލަ ދަނޑުގައި ފްރެއިބާގާ ދެކޮޅަށް ކުޅެ ނިމުނީ 0-0 އިން އެއްވަރުވެގެންނެވެ. އޯސްބާގް ވަނީ އަމިއްލަ ދަނޑުގައި ވާޑާ ބްރެމެން 1-2 އިން ބަލިކޮށްފަ އެވެ.

ފުލުގައި އޮތް ދެޓީމު ކަމަށްވާ ޝާލްކޭ އާއި ވީއެފްއެލް ބޮޗުމްގެ ކުރިމަތިލުން 2-0 އިން ކާމިޔާބުކުރީ ޝާލްކޭ އެވެ. މި ދެޓީމަށް ވެސް ލިބިފައިވަނީ 19 ޕޮއިންޓެވެ.

މި ލިއުމާއި ގުޅޭ