Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އިބްރާހީމް ޝުޖާ

ބާރަށު ސުކޫލުގެ ޓީޗަރުންނަށް އަދިވެސް މުސާރަ ނުލިބޭ: ޝުޖާ

ހއ.ބާރަށު ސުކޫލުގެ ޓީޗަރުންނަށް މާޗު މަސް ފެށިގެން 3 ދުވަސް ފާއިތުވިއިރުވެސް މުސާރަ ނުލިބޭކަމަށް ހުޅުމާލެ ދާއިރާގެ މާލެ ސިޓީ ކައުންސިލަރު އިބްރާހީމް ޝުޖާއު (ޝުޖާ) ވިދާޅުވެއްްޖެއެވެ.

ބާރަށު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރިން ކުރެއްވި ޝުޖާ މިފަދައިން ވިދާޅުވީ މިރޭ ކުރެއްވި ޓުވީޓެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި ބާރަށު ސުކޫލުގެ އެއްވެސް ޓީޗަރަކަށް އަދި މުސާރަ ޖަމައެއްނުވެއެވެ.

އިތުރަށް އޭނާ ވިދާޅުވީ މި ސަރުކާރުން ޓީޗަރުންނަށް ހެޔޮވީވީނުން ގޮސް މިހާރު އެކަން މުސީބާތަކަށް ވެފައިވާ ކަމަށެވެ. ޝުޖާ އިޝާރާތްކުރައްވާފައިވަނީ ޓީޗަރުންގެ މުސާރައިގެ އޮނިގަނޑަށް ސަރުކާރުން ގެނައި ބަދަލަށެވެ.

ސަރުކާރުން ބުނަމުންދަނީ ޓީޗަރުންގެ މުސާރަ ބޮޑުކުރުމާއެކު ޓީޗަރުންގެ ގިނަ ޝަކުވާތަކަކަށް މި ސަރުކާރުން ހައްލު ހޯދައިދީފައިވާ ކަމަށެވެ. ޝުޖާ ވިދާޅުވީ ބާރަށު ސުކޫލުގެ ޓީޗަރުންގެ ޝަކުވާތައް އަޑުއައްސަވައިފި ކަމަށެވެ. އަދި ޓީޗަރުންގެ ބުރަ މަސައްކަތުގެ އަގުވަޒަންކުރާ ގޮތަކީ މިއީތޯވެސް އޭނާ ސުވާލުކުރެއްވިއެވެ.

އަދި މި ހާލަތަށް ކަންކަން ގޮސްފައިވަނިކޮށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ވެރިކަމުގެ ދެވަނަ ދައުރެއް ދޭނީ ކިހިނެއްތޯވެސް ޝުޖާ ސުވާލުކުރެއްވިއެވެ.

ސަރުކާރު ބައެއް މުވައްޒަފުންނަށް މުސާރަ ލިބުން ފާއިތުވި މަހުގައިވެސް ލަސްވިއެވެ. މި މަހުވެސް ފެނަކައިގެ މުވައްޒަފުންނަށް މުސާރަ ޖަމާނުވެގެން މުވައްޒަފުން ޝަކުވާކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ