Thursday 16th Jan 2025
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
އަލީ ރަމީޒު

އަލީގެ ރައްދު އިމްރާނަށް: ފަށް ކަނޑާނެ ޕާޓީއެއް ނެތުމުން ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަން!

ސިޔާސީ ގޮތުން ތިން ފަށްވެ ފަށް ކަނޑާނެ އެހެން ޕާޓީއެއް ނުލިބުމުން ދެން ޖެހޭނީ އެންމެ ފަހުން ބައިވެރިއަކަށް ހެދި ޕާޓީއާއެކު ހުންނަންކަމަށް ވިދާޅުވެ ޖަމްޢިއްޔަތުއް ސަލަފުގެ އިސް ހަރަކާތްތެރިޔާ އަލީ ރަމީޒު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲއަށް ރައްދެއް ދެއްވައިފިއެވެ.

އަލީ ރަމީޒް މިފަދަ ރައްދެއް ދެއްވާފައި މިވަނީ މިނިސްޓަރު އިމްރާން ކުރެއްވި ޓްވީޓަކާއި ގުޅިގެންނެވެ.

އިމްރާންގެ ޓްވީޓުގައި ވިދާޅުވެފައިވަނީ ސިޔާސީ މަސައްކަތަށް އިހްލާސްތެރި ހިތަކައިގެން އެއްގޮތެއްގައި ދިގު މުއްދަތަކަށް ދެމިހުރެގެން މެނުވީ ހެޔޮ ނަތީޖާއެއް ނުނެރެވޭނެކަމަށާއި ނާކާމިޔާބުވުމަކީ އިރުއިރުކޮޅާ ގޮތް ބަދަލުކުރަން ޖެހޭ ކަމެއް ނޫންކަމަށެވެ.

މިނިސްޓަރު އިމްރާންގެ މި ޓްވީޓަށް ރައްދު ދެއްވައި އަލީ ރަމީޒް ވިދާޅުވީ ސިޔާސީ ގޮތުން ތިން ފަށްވެ ފައް ކަނޑާނެ ޕާޓީއެއް ނެތުނީމައި ދެން ޖެހޭނީ އެއްގޮތެއްގައި ހުންނަކަމަށެވެ.

އަދި މިނިސްޓަރު އިމްރާނަށް އިތުރު އެހެން "ޗޮއިސް"އެއް ނެތްކަމަށްވެސް އަލީ ވިދާޅުވެފައިވެއެވެ.

އަލީ ރަމީޒް މިނިސްޓަރު އިމްރާނަށް މިފަދަ ރައްދެއް ދެއްވާފައިވާއިރު މިނިސްޓަރު އެކި ފަހަރު އެކި ލީޑަރުންނަށް ތާއީދު ކުރައްވާތީ ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އަދި ރައީސް މުހައްމަދު ނަޝީދު ވާދަކުރެއްވިއިރު އިމްރާން ވަނީ ރައީސް ނަޝީދަށް ތާއިދު ކުރައްވާފައެވެ.
އަދި ދުވަސްކޮޅެއް ފަހުން ރައީސް ނަޝީދަކީ ލާދީނީ މީހެއްކަމަށް ތުހުމަތުކޮށްފައިވާއިރު 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭރުގެ ރައިސް ޑރ. މުހައްމަދު ވަހީދަށް ތާއީދުކޮށް ރައީސް ވަހީދުގެ ކެމްޕޭއިން ޖަލްސާވެސް ބައިވެރިވެފައިވާއިރު އޭގެ ދެ ދުވަސް ނުވެ ޖުމުހޫރީ ޕާޓީގެ ރައީސް ގާސިމް އިބްރާހީމްއަށް ތާއިދުކުރަން އިމްރާން ވަނީ ނިންމަވާފައެވެ.
މީގެއިތުރުން އެތެރެއެތެރެއިން އިދިކޮޅު އިއްތިހާދުގެ ލީޑަރު ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްއަށްވެސް މީގެ ކުރިން މިނިސްޓަރު އިމްރާން ތާއީދު ކުރައްވާފައިވާއިރު 2018 ވަނަ އަހަރު މީގެ ކުރިން އެންމެ ލާދީނީ ސަރުކާރުކަމަށް ބުނި އެމްޑީޕީއާ ގުޅި އިންތިހާބުގައި އަދާލަތު ޕާޓީން ބައިވެރިވެފައިވެއެވެ.
ގިނަ ބަޔަކު ތުހުމަތުކުރާގޮތުގައި އަދާލަތު ޕާޓީގެ އިސްވެރިން މަސައްކަތް ކުރަނީ ދީން ނިވާފަތްގަނޑަކަށް ހަދައިގެން އަމިއްލަ މަންފާއެއް ހޯދުމަށެވެ.
މި ލިއުމާއި ގުޅޭ