Monday 27th May 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މަރުތަައް

ނިޒާމަށް ތުހުމަތުކުރަނީ މޫދަށް ލިޓޮން އެއްލައިލާ މަރައިލިކަމަށް، 3 ދައުވާއެއް އުފުލައިފި

ގެއްލިގެން ހޯދި "ހޭދަކުރި" ދޯނީގައި ދަތުރުކުރި ބަންގުލަދޭޝް ރައްޔިތެއްކަމަށްވާ މުހައްމަދު ލިޓޮން ކަނޑަށް ވައްޓައިލާ އޭނަ މަރައިލިކަމުގެ ތުހުމަތުގައި އެ ދޯނީގައި އޭނާއާއެކު ދަތުރުކުރި ގދ.ތިނަދޫ، މަނާރު، މުހައްމަދު ނިޒާމުގެ މައްޗަށް ތިން ދައުވާއެއް ކޮށްފިއެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް މައުލޫމާތު ދެއްވި ގޮތުގައި ނިޒާމު ލިޓޮން މަރައިލީ އޭނާގެ އަތުގައި ހުރި ފައިސާތަކެއްގެ ބޭނުމުގައެވެ. އެގޮތުން ލިޓޮން މަރައިލާ 51،000 ރުފިޔާ ނިޒާމު ވަގަށް ނެގިކަމަށް ދައުލަތުން ތުހުމަތުކުރެއެވެ.

ލިޓޮން މަރައިލީ އޭނާއަށް ނޭނގި ކ.ގަލުފަޅު ކައިރިން ކަނޑަށް އޭނާ ކޮށްޕައި ވައްޓާލައިގެން، 28 ޑިސެންބަރު 2022 ވަނަ ދުވަހުގެ ރޭގަނޑު 7:00އާއި 8:30 އާ ދެމެދުގެ ވަގުތެއްގައި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

ނިޒާމުގެ މައްޗަށް އުފުލާގައިވަނީ ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއާއި، ވައްކަންކުރުމުގެ ކުށުގެ ދައުވާއާއި، ޑައިމޮފީނުން މުއާމައލާތްކުރުމުގެ ދައުވާއެވެ.

މީހަކު މެރުމުގެ ކުށް ސާބިތުވެއްޖެނަމަ ޤިޞާޞް ހިފުން ނުވަތަ 10 އަހަރަށް ޖަލަށްލުމުގެ ހުކުމެއް އަންނައިރު، ވައްކަންކުރުމުގެ ކުށުގެ ދައުވާ ސާބިތުވެއްޖެނަމަ 1 އަހަރާއި 7 މަހާއި 6 ދުވަހުގެ ޖަލު ހުކުމެއް އަދި ޑައިމޯފިންގެ ދައުވާ ސާބިތުވެއްޖެނަމަ، 15 އަހަށް ޖަލަށްލުމާއި 25،000 ރުފިޔާއާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމުގެ އަދަބެއް އަންނާނެއެވެ.

މަސްތުވާތަކެތީގެ މުއާމަލާތްކުރުމުގެ ދައުވާކުރަނީ ނިޒާމު މާލޭގައި ކުއްޔަށް ހިފައިގެން އުޅުނު ކޮޓަރިން 3.2565 ގުރާމުގެ ޑައިމޯފިން ފެނުމުންނެވެ.

ދައުލަތުން ތުހުމަތުކުރާ ގޮތުގައި ނާޒިމް މަސްތުވާތަކެތި ގަނެފައިވަނީ ލިޓޮންގެ ފައިސާ ވަގަށްނަގައިގެން އެ ފައިސާއިން ކަމަށް ދައުލަތުން ބުނެއެވެ.

މި ލިއުމާއި ގުޅޭ