Monday 11th Dec 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޖިންސީ އަނިޔާ

ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ރިހުލާ ބަންދުން ދޫކޮށްފި

ކުޑަކުދިންތަކަކަށް އޭނާގެ ފިރިމީހާއާއެކު ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ފާތިމަތު ރިހުލާ ބަންދުން ދޫކޮށްލައިފިއެވެ.

މި މައްސަލާގައި ދައުވާކޮށްފައިވަނީ ރިހުލާގެ އިތުރަށް އޭނާގެ ފިރިމީހާ ޔުނާނުގެ މައްޗަށެވެ. ޔުނާނުގެ މައްޗަށް 9 ދައުވާއެއް ކުރިއިރު ރިހުލާގެ މައްޗަށް އުފުލާފައިވަނީ ފަސް ދައުވާއެކެވެ.

އެ ދެ މީހުންނަށް ތުހުމަތުވަނީ 2019 ވަނަ އަހަރާއި 2020 ވަނަ އަހަރުގެ އެކި ދުވަސްތަކުގެ މަތިން ކުޑަ ފިރިހެންކުއްޖަކާއެކު ޖިންސީ އަމަލުތަކެއް ތަކުރާރުކޮށް ހިންގާފައިވާ ކަމަށެވެ. އެމީހުން ހައްޔަރުކުރީ އޮކްޓޯބަރު 4، 2020 ގައެވެ.

ރިހުލާގެ މައްޗަށް ކުރާ 5 ދައުވާގެ ތެރޭގައި ހިމެނެނީކުޑަކުއްޖަކު އިތުބާރު ކުރަން ޖެހޭ މަގާމެއްގައި ހުރި މީހަކު، އެ ކުޑަކުއްޖަކާއެކު ޖިންސީ އަމަލެއް ހިންގުމާއި، އެކު އެ ކުއްޖާގެ ހާޒިރުގައި އެ ކުއްޖާއަށް ދެއްކުމުގެ މަގްސަދުގައި ޖިންސީ އަމަލެއް ހިންގުމުގެ ދެ ދައުވާއެކެވެ. ރިހުލާގެ މައްޗަށް ވެސް އޮރިޔާންކާޑު ގެންގުޅުމާއި، އޮރިޔާން ކަޑު އުފެއްދުމުގެ ދައުވާ އުފުލާފައި ވެއެވެ.

މި މައްސަލާގައި ރިހުލާ އަދި ޔުނާނުވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބައިތިއްބަން ކޯޓުން އަމުރުކުރިއެވެ. އެ މައްސަލައިގެ އަޑުއެހުންތައް ފެށިގެން މިހާރު ދަނީ ކުރިއަށެވެ. އަދި ހުކުމެއް ނުކުރެއެވެ.

ރިހުލާ ބަންދުން ދޫކޮށްލާފައިވަނީ ބަނޑުބޮޑުވުމުގެ ސަބަބުންކަމަށް މައުލޫމާތު ލިބެއެވެ. އަދި އޭނާ ބަންދުން ދޫކޮށްލިއިރު، މައްސަލާގައި ހިމެނޭ ކުދިންނާއި، ހެކިބަސްދޭ ފަރާތްތަކާ ބައްދަލުނުކުރަން ޝަރުތުކޮށްފައިވެއެވެ.

މި ލިއުމާއި ގުޅޭ