"ކިއްލާ މާލެ" ނަމުގައި ފޮތެއް ލިޔުއްވައި، ނެރުއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ހާމަކުރައްވައިފި އެވެ.
މީގެ ކުރިންވެސް ރައީސް ނަޝީދު ވަނީ ފޮތް ލިޔުއްވައި ޝާއިއުކުރައްވާފަ އެވެ. "ދަގަނޑު ދަހަނާ" ގެ ނަމުގައި އެމަނިކުފާނު އެންމެ ފުރަތަމަ ފޮތެއް ޝާއިއުކުރީ 1996 ވަނަ އަހަރު އެވެ. އެ ފޮތަކީ ބޮޑުންގެ މެދުގައި ހިނގި ކޯޅުންތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖެ އިނގިރޭސި ވިލާތުގެ ހިމާޔަތުގެ ދަށަށް ދިއުމަށް މެދުވެރިވި ވާހަކަ ބަޔާންކުރާ ތާރީހު ފޮތެކެވެ.