Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެންބަރު ކާނަލް މުޙައްމަދު ނާޒިމް

ވެރިކަމުގެ ބޭނުމުގައި ރައީސް އިބްރާހީމާ ހަދާނެ ޑީލެއް ނެތް: ނާޒިމް

ވެރިކަމުގެ ބޭނުގައި އެމްޑީޕީ ނުވަތަ ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއެކު ހަދާނެ ޑީލެއް ނެތް ކަމަށް އެމްއެންޕީގެ ރައީސް، ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"ނާޒިމް ބުނަނީ ކީކޭ؟" ނަމުގައި ރޭ އެމްއެންޕީން ބޭއްވި ކްލަބް ހައުސް އިވެންޓުގައި ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ނާޒިމް ވިދާޅުވީ ޖުމްހޫރީ ޕާޓީ (ޕޭޖީ) އިން ވަކިވެ، ވަކި ޕާޓީއެއް ހަދަން މެދުވެރިވީވެސް، ޖޭޕީ ސަރުކާރުގެ ކޯލިޝަންގައި އޮތުމުން ސަރުކާރުން ކިތަންމެ ގޯހެއް ހެދިޔަސް، އެއްޗެއް ބުނެވެން ނޯންނާތީ ކަމަށެވެ.
ނާޒިމްއާ ސުވާލު ކުރީ އޭނާއަކީ މި ސަރުކާރުގެ ޕާޓްނަރެއް ކަމުގެ އަޑުތައް އިވޭ ކަމަށާއި، އެގޮތުން އެމްއެންޕީއަކީ ރައީސް އިބްރާހީމްގެ ހިޔަނީގައި އޮންނަ ޕާޓީއެއް ކަމަށާއި، އެމްޑީޕީއާ ކޯލިޝަން ހަދާނެ ކަމުގެ އަޑުވެސް އިވޭތީ އެކަން ސާފުކޮށްދިނުމަށެވެ.

ކޯލިޝަނާ ބެހޭ މައްސަލައިގައި ނާޒިމް ވިދާޅުވީ، އެމްއެންޕީއަކީ ވަކި އުސޫލުތަކެއް ހިފަހައްޓާ ޕާޓީއެއްކަމަށާއި، އެ ޕާޓީގެ މައިގަނޑު ސިޔާސަތުތަކާއި އެމްޑީޕީގެ ސިޔާސަތުތަކާ ދިމާނުވާ ކަމަށެވެ.

އެހެންކަމުން، ވެރިކަމުގެ ބޭނުމުގައި ގައުމީ ބޮޑެތި މައްސަލަތަކުގައި ގައުމަށް ގެއްލުންވާނޭ ފަދަ ސިޔާސަތެއްގައި ބައިވެރިނުވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ހިނގައްޖެނަމަ، އެމްއެންޕީގެ ސިޔާސަތުތަކާ އެކީ މަސައްކަތް ކުރަން ތިބި ބަޔަކާއެކީ ގުޅިގެން މަސައްކަތް ކުރެވިދާނެ ކަމަށް ވިދާޅުވެ ނާޒިމް ވަނީ އެހެން ބަޔަކާއެކު ކޯލިޝަން ހަދާފާނެ ކަމުގެ އިޝާރާތެއް ދެއްވާފަ އެވެ.
ނާޒިމް ވިދާޅުވީ، އޭނާގެ ސަރުކާރެއްގައި އިސްލާމްދީން ނޫން އެހެން ދީނަކަށް ޖާގަ ނުދެއްވާނޭ ކަމަށާއި އަދި ގައުމުގެ މިނިވަންކަމަށާއި ރައްކާތެރިކަމަށް ގެއްލުންވާ ވަރުގެ އެއްވެސް ކަމަކަށް ޖާގަ ނުދެއްވާނޭ ކަމަށެވެ.
މި ލިއުމާއި ގުޅޭ