Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.މުއިއްޒު

ލޯކަލް މާރުކޭޓު ބަންދުކޮށް 4 ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރަނީ

އީދަށްފަހު ލޯކަލް މާރުކޭޓު ބަންދުކޮށް އެ ތާނގައި ހަތަރު ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެ ކަމަށް މާލެ ސީޓިގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލޭގެ އާޓިފިޝަލް ބީޗްގައި މިހާރު ކުރިއަށްދާ މާލެ ސިޓީ ކައުންސިލުން 2023 ވަނަ އަހަރު ބާއްވާ ފުރަތަމަ ރައްޔިތުންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. މުއިއްޒު ވިދާޅުވީ ލޯކަލް މާރުކޭޓު އީދަށް ފަހު، ބަންދުކޮށް އެ ޚިދުމަތް އެހެން ތަނަކަށް ބަދަލުކުރެވޭނެ ކަމަށާއި އަދި އެ ތާނގައި ހަތަރު ބުރީގެ އެންމެ ޒަމާނީ އިމާރާތެއް ބިނާކުރެވޭނެ ކަމަށެވެ.

މޭޔަރު ވިދާޅުވީ މި އިމާރާތުގެ ޖާގަ ތަނަވަސް ވާނެ ކަމަށާއި، ޚިދުމަތްތައް ފަސޭހަ ވެފައި އަވަސްވާނެ ކަމަށެވެ. އަދި އެ އިމާރާތުގައި ތިން މާރުކޭޓެއް ހުންނާނެ ކަން ފާހަގަ ކުރައްވައި މޭޔަރު ވިދާޅުވީ އެއީ އެންމެ ޒަމާނީ ފެންވަރުގެ މަސްމާރުކޭޓަކާއި ލޯކަލް މާރުކޭޓަކާއި ދަތުރުވެރީންގެ މާރުކޭޓެއް ކަމަށެވެ.

"އޭރުން ތިޔަ ބޭފުޅުންނަށް އެއް ދޮނުގައި ތިން ބުޅި ޖަހާލެވޭ ގޮތްވީ. ކުޑަ ވަގުތުކޮޅެއްގައި ހުރިހައި ބާވަތެއްގެ ބާޒާރެއް އެއްތާކުން ކޮށްލެވުނީ. ސަރުކާރުން ހުރަސް ނާޅައިފި ނަމަ 2023ވަނަ އަހަރުގެ ޑިސެންބަރު މަހު މި މާރުކޭޓު ވެސް ނިމޭނެ" ކަމަށް މޭޔަރު މުއިއްޒު ވިދާޅުވިއެވެ.

މާލެސިޓީގެ ކައުންސިލުން ރާވާ ގޮތަށް ކަންކަން ވިޔަ ނުދިނުމަށް ސަރުކާރުން އެކަން ކަމަށް ހުރަސް އަޅާކަމުގެ ޝަކުވާ މިރޭގެ ބައްދަލުވުމުގައި ވެސް މޭޔަރު ވަނީ ފާހަގަ ކުރައްވައިފައެވެ.

މިރޭގެ ބައްދަލުވުމުގައި މާލޭގެ ގިނަ އަދަދެއްގެ ރަށްވެހިން ވަނީ ބަވެރިވެފައެވެ. އެގޮތުން މި ބައްދދަލުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، އެކި ކަންކަމުގައި އެމީހުންގެ ޚިޔާލު ސިޓީ ކައުންސިލާ ވަނީ ހިއްސާކޮށްފައެވެ.

މި ލިއުމާއި ގުޅޭ