Thursday 8th Jun 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މީޑިއާނެޓް

ކޮޕަ ޑެލްރޭގެ ސެމީފައިނަލް މެޗު މީޑިއާނެޓުން މިރޭ ލައިވްކުރަނީ

ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީ ފައިނަލް މެޗް މިރޭ މީޑިއާނެޓުން ލައިވް ކުރަން ނިންމައިފިއެވެ.

މީޑިއާ ނެޓުން ބުނި ގޮތުގައި ސެމީފައިނަލްގެ މެޗް ލައިވް ކުރާނީ މިރޭ ދަންވަރު 1:00 އިން މީޑިއާނެޓްގެ އައިސް ޕްލަސް ޗެނަލް (ޗެނަލް 888) އިންނެވެ.

ސްޕެނިޝް ކޮޕަ ޑެލްރޭގެ ސެމީފައިންގެ މެޗްގައި ވާދަ ކުރަނީ ސްޕެނިޝް ފުޓުބޯޅައިގެ އެންމެ ކާމިޔާބު ދެޓީމު ބާސެލޯނާއާއި ރިއާލް މެޑްރިޑެވެ. އެ މެޗަކީ ފުޓުބޯޅައިގެ ދުނިޔޭގައި އެލް ކްލެސިކޯގެ ނަމުން މަޝްހޫރުވެފައިވާ މެޗެކެވެ.

1903 ވަނަ އަހަރު ތައާރަފް ކުރި އެ މުބާރާތަކީ ނޮކްއައުޓް އުސޫލުން ކުޅެވޭ، ސްޕެއިން ފުޓުބޯޅައިގެ ގަދަ ބާރުތައް ވާދަކުރާ މުބާރާތެއްކަމަށްވާއިއިރު އެ އެ މުވާރާތުގައި ޖުމްލަ 126 ޓީމު ވާދަކުރެއެވެ.

މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ދެ ލެގަށް ބަހާލައިގެން ގޯލުގެ ގޮތުން ކުރި ލިބޭ ދެޓީމު ފައިނަލްގައި ކުޅޭގޮތަށެވެ. އެގޮތުން ސެމީ ފައިނަލްގެ ފުރަތަމަ ލެގް ރޭ ދަންވަރު 1:00 ޖެހި އިރު ވަނީ ކުޅެފައެވެ.

އެ މެޗުގައި އޮސަސޫނައިންވަނީ 1-0 އަކުން އެތްލެޓިކް ކްލަބް އަތުން ކުރި ހޯދާފައިއެވެ. މި ދެ ޓީމު ދެން ބައްދަލު ކުރާނީ 5 އެޕްރީލް ގައެވެ. އަދި މިރޭ ކުޅޭ ބާސެލޯނާއާއި ރިއާލް މެޑްރިޑް މެޗުގެ ދެވަނަ ލެގު އޮންނާނީ 6 އެޕްރީލްގައިއެވެ.

މި ދެ މެޗްވެސް މީޑިއާނެޓުން ލައިވްކުރާނެކަމަށް އެކުންފުނިން ބުނެފައިވެއެވެ.

މީޑިއާ ނެޓުން ބުނީ އެ މެޗުތައް ޓީވީ ސްކްރީންތަކުންނާއި މީޑިއާނެޓުގެ ފޯން އެޕްލިކޭޝަން އެމްއެސް ޑިޖިޓަލް މެދުވެރިކޮށްވެސް ބަލާލެވޭނެކަމަށެވެ.

މި ލިއުމާއި ގުޅޭ