Friday 31st Mar 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ހިދުމަތްތަކަށް ހެޔޮ އަގުތަކެއް ކަނޑައަޅައިފި

މާލެ ސިޓީ ކައުންސިލުން ވިލިމާލޭގައި ފެށުމަށް ހަމަޖެހިފައިވާ ބަގީގެ ޚިދުމަތަށް އެ ކައުންސިލުން ހެޔޮ އަގުތަކެއް ކަނޑައަޅައިފިއެވެ.

މާލެ ސިޓީ ކައުންސިލުގެ 4 ވަނަ ދައުރުގެ 91 ވަނަ ރަސްމީ އާންމު ޖަލްސާގައި އެ ކައުންސިލުން ވިލިމާލޭގައި ފަށާ ބަގީގެ ޚިދުމަތުގެ ދަތުރުތަކުގެ އަގުތައް ހުށައެޅުން ހުށައެޅީ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ. އަދި އެ ހުށައެޅުމަށް ތާއީދުކުރެއްވީ ވިލިމާލެ ދާއިރާގެ ކައުންސިލަރު ނަހުލާ އަލީއެވެ.

ސިޓީ ކައުންސިލުން ބަގީގެ ހިދުމަތް ފޯރުކޮށްދޭން އަގުތައް ކަނޑައަޅާފައިވަނީ ރައްޔިތުންނަށް ބުރަ ނުވާނެ ފަދަ ގޮތަކަށެވެ. އެގޮތުން ބަގީގެ ރޫޓުން ކުރާ ކޮންމެ ދަތުރަކަށް ނެގުމަށް ހަމަޖެހިފައިވަނީ 2 ރުފިޔާގެ ފީއެކެވެ.

އެހެންނަމަވެސް އެ ކައުންސިލުން ބުނިގޮތުގައި "ޕްރައިވެޓް ހަޔާރ" ގެ ގޮތުގައި ނަގާނަމަ ބަގީގެ ޚިދުމަތުގެ އަގު ތަފާތު ވާނެއެވެ.

ޕްރައިވެޓް ހަޔާގެ ގޮތުގައި ބަގީ ނަގާނަމަ އަގުތައް:

  • - 4 ސީޓްގެ ބަގީއަކަށް: 6ރ.
  • - 6 ސީޓްގެ ބަގީއަކަށް: 10ރ.
  • - 12 ސީޓްގެ ބަގީއަކަށް: 15ރ.

މާލޭ ސިޓީ ކައުންސިލުން ބުނީ 6 އަހަރުން ދަށުގެ ކުޑަކުދިންނާއި 65 އަހަރުން މަތީގެ މީހުންނާއި އެންސްޕާގައި ރެޖިސްޓާ ވެފައިވާ ނުކުޅެދުންތެރިކަންހުންނަ ފަރާތްތަކާއި ސްކޫލް ޔުނިފޯރމްގައި ދަތުރުކުރާ ދަރިވަރުންނަށް ހިލޭ ބަގީގައި ދަތުރުކުރެވޭނެކަމަށެވެ.

ވިލިމާލޭގައި ބަގީގެ ހިދުމަތް ފޯރުކޮށްދިނުމަށް މާލެސިޓީ ކައުންސިލުން 10 ބަގީ ގެނެސްފައިވެއެވެ.

މި ލިއުމާއި ގުޅޭ