Thursday 28th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މާލެ ސިޓީ ކައުންސިލް

ހުޅުމާލޭ ރަށު މާރުކޭޓުން 23 ގޮޅި ކުއްޔަށް ދެނީ

ހުޅުމާލޭ ރަށު މާރުކޭޓުން 23 ގޮޅި ކުއްޔަށް ދޫކުރަން ނިންމައި ބިޑު ހުށަހަޅަން ހުޅުވާލައިފި އެވެ.

އެޗްޑީީސީން އިއްޔެ ކުރި އިއުލާނެއްގައި ބުނީ އެ ގޮޅިތައް ދޫކުރާނީ ގޮޅިތަކަށް ބިިޑުކުރާ ފަރާތްތަކުގެ ތެރެއިން އެންމެ މަތީ އަގެއް ހުށަހަޅާ 23 ފަރާތަކަށް ކަމަށެވެ.
ދެ އަހަރަށް ދޫކުރާ އެ ގޮޅިތަކުގެ ބީލަން ފެށޭ އަގަކީ މަހަކު 3،500ރ. އެވެ. ގޮޅިއެއްގެ ބޮޑުމިނަކީ 73.33 އަކަފޫޓެވެ.
ގޮޅި ކުއްޔަށް ދޫކުރާނީ އުމުރުން 18 އަހަރު ފުރިފައިވާ، މިހާރު ރަށު މާރުކޭޓުން ގޮޅި ހިންގަން ކުއްޔަށް ނަގާފައި ނުވާ މީހުންނަށެވެ.
އެޗްޑީސީން ބުނި ގޮތުގައި ގޮޅި ލިބޭ ފަރާތްތަކުން، އެ ތަން ލިބޭތާ ހަތް ދުވަހުގެ ތެރޭގައި ހިދުމަތް ދޭން ފަށަން ޖެހޭނެ އެވެ. އެ މުއްދަތުގެ ތެރޭގައި ހިދުމަތް ނުދޭ ނަމަ އެއްބަސްވުން ބާތިލްކުރުމުގެ އިހުތިޔާރު އެޗްޑިސީއަށް އޮންނާނެ އެވެ.
އަދި ގޮޅި ލިބޭ ފަރާތްތަކުން އެތަން އެހެން ފަރާތަކަށް ކުއްޔަށް ދިނުމަކީ ވެސް މަނާކަމެއް ކަމަށް އެޗްޑީސީން ބުންޏެވެ.
މި ލިއުމާއި ގުޅޭ