Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
ޑރ.ޖަމީލު

ސަރުކާރު ދިފާއުކުރުމުން އެކަނިވެސް އަދާލަތު ޕާޓީގެ މާއްދިއްޔަތުގެ އެޖެންޑާ ހާމަވޭ: ޑރ. ޖަމީލް

އަދާލަތު ޕާޓީން މި ސަރުކާރު ދިފާއުކުރުމުން އެ ޕާޓީން ގެންގުޅެނީ މާއްދިއްޔަތުގެ އެޖެންޑާއެއްކަން ހާމަވާކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

ޑރ. ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދީނުގެ ބަލަދުވެރިން ކަމަށް އަދާލަތު ޕާޓީ ހެދެން އުޅުނަސް މި ސަރުކާރު ދިފާއުކުރުމުން އެކަނިވެސް އެ ޕާޓީއަކީ މާއްދީ މަންފާތަކެއް ހާސިލްކުރަން އުޅޭ ޕާޓިއެއްކަން ހާމަވާކަމަށެވެ.

ޑރ. ޖަމީލް މިފަދައިން ވިދާޅުވެފައިވާއިރު ކުރިއަށް އޮތް ރިޔާސީ އިބްތިހާބުގައި އަދާލަތު ޕާޓީން، ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހާއެކު ކޯލިޝަން ހަދަން ވަނީ ނިންމާފައެވެ.

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް އިބްރާހީމާއެކު ކޯލިޝަން ހެދުމަށް އެމަނިކުފާނު އަދާލަތަށް ދެއްވި ދައުވަތު ގަބޫލުކޮށް، އެ ޕާޓީގެ މަޝްވަރާ މަޖިލީހުން ބުނީ، އަދާލަތުން ދެކޭ ގޮތުގައި އިސްލާމްދީނާއި ދިވެހި ގައުމާއި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު އޮތް ގޮތަކީ ރައީސް އިބްރާހީމަށް ވެރިކަމުގެ ދެވަނަ ދައުރެއް ދިނުން ކަމަށެވެ.

އަދާލަތުން އެ ނިންމުން ނިންމީ ދީނާއި ގައުމުގެ މަސްލަހަތަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް ގަބޫލު ނުކުރައްވާ ކަމަށް "އިލްމުވެރިން ގުޅުން" ޖަމިއްޔާގެ ގިނަ އިލްމުވެރިންތަކެއް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން އަދާލަތުގެ ނިންމުން ދިފާއުކޮށް އިމްރާން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ކަމަކަށް އިގުރާރުވާނީ ލައްކަ ވިސްނުން ވިސްނައި، ލައްކަ ގޮތްގޮތަށް ފިކުރު ކުރުމަށްފަހު ކަމަށެވެ. އަދި އިސްލާމް ދީނާއި ރާއްޖޭގެ މިނިވަންކަމަށް އެންމެ ފަހިގޮތަށް ނޫނީ އެ ޕާޓީގެ މަޝްވަރާ މަޖިލީހުން އިގުރާރު ނުވާނެ ކަމަށާއި މީގެ ކުރިންވެސް ވެފައި ނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ