މި އަހަރުގެ މިހާތަނަށް ޖޫރިމަނާގެ ގޮތުގައި ސަރުކާރުން 16 މިލިއަންއަށްވުރެ ގިނަ ރުފިޔާ އާމްދަނީގެގޮތުގައި ހޯދައިފިއެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރު ފެށުނިއްސުރެ މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް، ޖޫރިމަނާގެ ގޮތުގައި ދައުލަތަށް 16.2 މިލިއަން ރުފިޔާ ލިބިފައިވެއެވެ.
މިހާރަކަށް އައިސް ފުލުހުން އަންނަނީ ގަވާއިދާ ހިލާފަށް ފާކުކޮށްފައި ހުރި ގިނަ އަދަދެއްގެ ވެހިކަލްތަކުގައި ސްޓިކާ ޖަހައި، ގިނަ އުޅަނދުތަކެއް ޓޯވެސް ކުރަމުންނެވެ.
އަހަރު ފެށިގެން ދެމަސް ވެސް ނުވަނީސް ޖުރިމަނާ ކޮށްގެން 16 މިލިއަންއަށް ވުރެ ގިނަ ރުފިޔާ އާމްދަނީގެ ގޮތުގައި ސަރުކާރުން ހޯދާފައިވާއިރު މުޅި މިއަހަރު ޖޫރިމަނާގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އަންދާޒާ ކުރަނީ 82.7 މިލިއަން ރުފިޔާއެވެ.