Wednesday 31st May 2023
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ޒުވާނުން ރައީސް ޔާމީން އާއެކު ތިބީ މިގައުމު މިއޮތް ހާލަތު ބަދަލުކޮށްދެއްވާނެކަން ޔަގީން ވާތީ: ސައީދު

ދިވެހި ޒުވާނުން ކުރީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އާއެކު ތިބީ، އެދި އެޕާޓީއާ ގުޅެނީ މިގައުމު މިއޮތް ހާލަތު އެމަނިކުފާނު ބަދަލުކޮށްދެއްވާނެކަން ޔަގީން ވާތީ ކަމަށް ޕީޕީއެންސީގެ ނައިބުރައީސް، އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ރޭ ޕީޕީއެމް ޖަގަހައިގައި ބޭއްވި ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން ސައީދު ވިދާޅުވީ މިހާރުވެސް ރައީސް ޔާމީންގެ ފަހަތުގައި އެތައް ޒުވާނުންނެއް ތިބި ކަމަށާއި، އަދި މިހާރުވެސް އެތައް ޒުވާނުންނެއް ރައީސް ޔާމީންގެ ފަހަތްޕުޅަށް އަރަމުންދާ ކަމަށެވެ.

ޒުވާނުން، ރައީސް ޔާމީނަށް އިތުބާރު ކުރައްވަނީ އެމަނިކުފާނު ކުރައްވަން ވައުދުވެވަޑައިގަންނަވާ ކަންކަން ކުރައްވާނެ ކަން ޔަގީން ވާތީ، އަދި މިއަދު މިއޮތް ހާލަތުން އެހެން ހާލަތަކަށް ރައީސް ޔާމީން މިގައުމު ގެންގޮސްދެއްވާނެ ކަމުގެ ޔަގީން ކަން އޮންނާތީ ކަމަށެވެ.

އެހެން ކަމުން ޒުވާނުންގެ އުންމީދުގައި ކުލަޖެއްސުމަށް ބޭނުންވާނަމަ ރައީސް ޔާމީން މިނިވަން ކުރުމަށްޓަކައި އެމަނިކުފާނުގެ ސަޕޯޓަރުން މި ޚުދުމުޚްތާރު ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭ ކަމަށެވެ.

ސައީދު ވިދާޅުވީ މިއަދަކީ ވަރަށް މާޔޫސް ދުވަސްވަރެއް ކަމަށާއި ނަމަވެސް އެމާޔޫސްކަން ފިލުވައި ދިނުމަށް އިރާދަކުރެއްވިއްޔާ ރައީސް ޔާމީން ވަޑައިގަންނަވާނެ ކަމަށެވެ. އެގޮތުން ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ނަންފުޅު ވޯޓު ކާރުދާހުގައި އޮންނާނެ ކަމަށް ސައީދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައީދު ވިދާޅުވީ މި ސަރުކާރުގައި ތިއްބެވި އިސްފަރާތްތައް ޖަވާބުދާރީ ކުރުވާނެ ކަމަށާއި، އެބައި މީހުންގެ ނަން ލިޔެވިގެންދާނީ ގައުމަށް ގައްދާރުވި ބައެއްގެ ގޮތުގައި ކަމަށެވެ.

ރައީސް ޔާމީން ފިޔަވައި ދެން ތިއްބެވި ހުރިހާ ސިޔާސީ ފަރާތްތަކަކީ ވެސް އެއް ބައެއް ކަމަށާއި ގައުމަށް ޣައްދާރުވީ އެ އެންމެން ގުޅިގެން ކަމަށް ސައީދު ވިދާޅުވިއެވެ.

މިގައުމު މިހާލަތަށް ދުއްވާލި މީހުން ހޯދައި އެމީހުންނާމެދު އަޅަން ޖެހޭ ފިޔަވަޅު އެޅުއްވުމަށް ރައީސް ޔާމީން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ގައުމު މިނިވަންކޮށް، ހަމަ މަގުން އެޅުވުމަށްޓަކައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ރައީސް ޔާމީން ކުރައްވާނެ ކަމުގެ ޔަގީން ކަން އެބައޮތްކަމަށް ސައީދު ވިދާޅުވިއެވެ.

މި ލިއުމާއި ގުޅޭ