Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މޯލްޑިވިއަން

އެތެރޭގެ އުދުހުންތަކުގެ އަގު އަނެއްކާވެސް ބޮޑުކޮށްފި

ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ރާއްޖޭގެ ގައުމީ އެއާލައިން މޯލްޑިވިއަން އިން ޓިކެޓް އަގު އަނެއްކާވެސް ބޮޑުކޮށްފިއެވެ.

ރޭ ދަންވަރު 12:00 އިން ފެށިގެން ޓިކެޓްގެ އަގުތަކަށް ބަދަލުތަކެއް އައިސްފައިވާއިރު، މީގެ ކުރިން، މީގެ ހަ މަސް ކުރިންވެސް މޯލްޑިވިއަން އިން ވަނީ ޓިކެޓްގެ އަގަށް ބަދަލު ގެނެސްފައެވެ.

މޯލްޑިވިއަން އިން ބުނީ ޓިކެޓް އަގު ބޮޑުވެފައި ވަނީ އެއާޕޯޓް ހޭންޑްލިންގ ޗާޖަސްތައް ބޮޑު ކުރުމާއި ގުޅިގެން ކަމަށެވެ. މީގެ ކުރިން މޯލްޑިވިއަން އިން ޓިކެޓްގެ އަގު ބޮޑުކޮށްފައި ވަނީ ތެލުގެ އަގަށް އައި ބަދަލާއެކު ފިއުލްސަރޗާޖް ބޮޑު ކުރުމުންނެވެ.

މޯލްޑިވިއަން އިން ހުރިހާ އެއާޕޯޓަކަށް ކުރާ ދަތުރު ތަކުގެ ޓިކެޓުގެ އަގަށް ބަދަލު ތަކެއް އައިސްފައިވާއިރު އެންމެ ބޮޑު އަދަދަކުން އަގު ބޮޑު ކޮށްފައިވަނީ ގދ. ކާނޑެއްދޫ އެއާޕޯޓަށް ކުރާ ދަތުރު ތަކުންނެވެ.

އެގޮތުން ކާޑެއްދޫ އެއާޕޯޓަށް މޯލްޑިވިއަން އިން ކުރާ ދަތުރުގެ އަގު ކުރިން 1،471ރ ގައި އުޅުނުއިރު، މިހާރު ވަނީ 1،693ރ. އަށް އަރާފައެވެ. މީގެ ކުރިން 1،582ރ. އަށް މާލެއިން އައްޑޫއަށް ކުރަމުން އައި ދަތުރު ދެން ކުރެވޭނީ 1،687ރ. އަށެވެ. މިގޮތަށް މޯލްޑިވިއަން ދަތުރު ކުރާ ހުރިހާ މަންޒިލެއްގެވެސް ޓިކެޓްގެ އަގު ވަނީ ބޮޑުވެފައެވެ.

ރައީސް އިބްރާހިމް މުހައްމަދ ސޯލިހް ވެރިކަމަށް ވަޑައިގަންނަވަން ވެގެން ރައްޔިތުންނަށްވީ ވައުދުތަކުގެ ތެރޭގައި ރާއްޖޭގެ އެތެރޭގެ އުދުހުންތަކުގެ އަގު ހެޔޮކުރުން ހިމެނެއެވެ. ނަމަވެސް ކުރީގެ އަގުތަކަށް ވުރެ އެތެރޭގެ އުދުހުންތަކުގެ އަގުތައް ވަނީ މައްޗަށް ގޮސްފައެވެ.

މި ސަރުކާރު ހަވާލުވި ފަހުން މޯލްޑިވިއަން ހިންގަމުން އަންނަނީ ދައުލަތަށް ބޮޑު ގެއްލުމެއް ވަމުންދާ ކުންފުންޏެއްގެ ގޮތުގައެވެ.

މި ލިއުމާއި ގުޅޭ