Friday 29th Mar 2024
English Edition
ހަބަރު ރިޕޯޓް ލައިފް ސްޓައިލް ދުނިޔެ ކުޅިވަރު ވިޔަފާރި މުނިފޫހިފިލުވުން ކޮލަމް ދީން
މެމްބަރު މުހައްމަދު ސައީދު

ރައީސް އިބްރާހީމްގެ ހިސާބުތައް ދެކޮޅު ނުޖެހޭ: ސައީދު

ރައީސުލްޖުމުހުރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހް ޖައްސަވާ ހިސާބުތައް ދެކޮޅު ނުޖެހޭކަމަށް ޕީއެންސީގެ ނައިބުރައީސް އަދި މާވަށު ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެންބަރު މުޙައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިފަދައިން ވިދާޅުވެފައިމިވަނީ އައްޑޫ އިންޓަނޭޝަނަލް ޕޯޓު ތަރައްޤީކުރުމުގެ މަސައްކަތް ހަލުއިކުރުމަށް ގޮވައިލާ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ހުށަހެޅުއްވި ޤަރާރަށް ބަހުސްކުރައްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.

ސައީދު ވިދާޅުވީ ވަރަށް ފަހުން ހަނިމާދޫ އެއާޕޯޓުގެ ތަރައްގީއަށް 158 މިލިއަން ޑޮލަރު މި ސަރުކާރުން ނެގިކަމަށާއި އެއީ ރަނގަޅުކަމެއްކަމަށް ބުނެދިނުމަށް ރައީސް އިބްރާހީމް ވިދާޅުވީ އެއީ 1.3 މިލިއަން ފަތުރުވެރިން އުތުރަށް ގެނައުމާއި އަދި އެ އެއާޕޮޓު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ކުރާ ކަމެއްކަމަށެވެ.

އޭނާ ވިދާޅުވީ 1.3 މިލިއަން ފަތުރުވެރިން އެހިސާބަށް ގެންނަންކަމަށް ރައީސް އިބްރާހީމް ވިދާޅުވިއިރު އެތަނުގައި ޓޫރިސްޓް އެނދެއް ނެތްކަމަށާއި ޓުރިސްޓް އެނދު ނެތް ހާލަތުގައި ރައީސް އިބްރާހީމް ވިދާޅުވާ 1.3 މިލިއަން ފަތުރުވެރިން ގެންނަން ނަމަ ގާތްގަނޑަކަށް 53 މުޅިން އާ ރަށް ރިސޯޓަށް ބަދަލުކުރަން ކުރަން ޖެހޭކަމަށެވެ.
އަދި އެއިން ކޮންމެ ރިސޯޓެއްގައި 150 އެނދު ހުންނަން ޖެހޭކަމަށާއި ރާއްޖޭގެ ރިސޯޓެއް ނިންމަން މިހާރު ޚަރަދަށް ބަލާނަމަ އެއީ ގާތްގަނޑަކަށް 4 ބިލިއަން އެމެރިކާ ޑޮލަރުކަމަށް ސައިދު ވިދާޅުވިއެވެ.

"ހަމައެކަނި ޓޫރިޒަމް އެތަނުގައި ޑިވެލޮޕްކުރަން މި ޚަރަދު ކުރަން ޖެހޭ، އަޅުގަނޑަށް އިނގޭ ސަރުކާރުން ނޫންކަން ރިސޯޓް ޑިވެލޮޕް ކުރާނީ. އެހެންނަމަވެސް ރާއްޖޭގައި ނުހެދި 80 އެތައް ރަށެއްވެސް ހުރިކަން ގަބޫލުކުރަން ޖެހޭއިރު މިކަން ކުރުމަކީ ދެކޮޅު ނުޖެހޭ ސިޔާސަތެއް" މީގެ ކުރިން އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި މެންބަރު ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ހަނިމާދޫ އެއާޕޯޓު ތަރައްގީ ކުރަން މި ސަރުކާރުން ފެށި މަޝްރޫއަކީ އެއްވެސް ތަޞައްވުރެއް ނެތި މުޅިން އެހެން އެޖެންޑާއެއް ބާއްވައިގެން ކުރާ ކަމެއްކަމަށެވެ.
އަދި އެ އެއާޕޯޓު ތަރައްގީ ކުރުމަކީ ކުރެވެން އޮތް ހާލަތެއްގައި ކުރަން އެންމެ ރަނގަޅުކަމެއް ކަމަށާއި ނަމަވެސް އެ މަސައްކަތަކީ ދެކޮޅު ނުޖެހޭ ސިޔާސަތެއްގެ ދަށުން މުޅިން އެހެން ތަޞައްވަރެއް ދައްކާ އެ އެއާޕޯޓު ވިއްކާލަން ކުރާ މަސައްކަތެއްކަމަށް ފާހަގަވާކަމަށެވެ.

"158 މިލިއަން އެމެރިކާ ޑޮލަރު ހަނިމާދޫ އެއާޕޯޓަށް މި އަޅަނީ 1.3 މިލިއަން ފަތުރުވެރިން ގެންނަންކަމަށް ބުނަނީ، މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އެއް މިލިއަން ޓޫރިސްޓުން އަންނަން ނަގައިފި 40 އަހަރު، ނެގިއިރު މިއަދުވެސް މިހާރު އެހެރަ މުސްކުޅި ޓާމިނަލް ކުޑަވެގެން މިއުޅެނީ 1 މިލިއަން ޓޫރިސްޓުންނަށް، އަޅުގަނޑު އެބަ އޮތް ސުވާލެއް ސަރުކާރަށް. ކީއްވެގެންތޯ ހަނިމާދޫ އެއާޕޯޓަށް މިހާ ބޮޑު ލޯނެއް ނަގައިގެން މާލޭގެ މުސްކުޅި ޓާމިނަލްއަށްވުރެ ކުޑަ ޓާމިނަލްއެއް އެޅީ؟ އަނެއްކާ ލޯނެއް ނަގަނީތޯ؟ ކޮންކަހަލަ ދެކޮޅު ނުޖެހޭ ސިޔާސަތެއްތޯ؟" ސައީދު ވިދާޅުވިއެވެ.

ޖުމުލަގޮތެއްގައި މެންބަރު ސައީދު ވިދާޅުވެދެއްވީ މި ސަރުކާރުން ޖެހި ހިސާބުތައް ދެކޮޅު ނުޖެހޭކަމެވެ.

މި ލިއުމާއި ގުޅޭ